ހދ އަދި ށ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ ކުރިނބީ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިތުރު ފުރުސަތެއް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުގައްޔޫމަށް ރައްޔިތުން ދެއްވައިފިނަ އެ ދައުރުވެގެންދާނީ ރައްޔިތުންނަށް ފަހި ހިތްފަސޭހަ ދައުރަކަށް ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް ނިންމުމަށް އިތުރު ފުރުސަތެއް އެމަނިކުފާނަށް ރައްޔިތުން ދިނުމަށް ޝަހީމް އެދިވަޑައިގަތްނަވަމުން ޝަހީމް ވިދާޅުވީ އިތުރު ފުރުސަތެއް ރައީސް ޔާމީނަށް ރައްޔިތުން ދެއްވައިފިނަމަ އެދައުރު ވެގެންދާނީ ވަރަށް ފަހި، ރައްޔިތުންނަށް ހިތް ފަސޭހަ ދައުރަކަށް ކަމަށެވެ.
ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ ދިވެހި ރާއްޖޭގެ ދާއިމީ މަސްލަހަތަށް ދެއްވާ ވޯޓެއް ކަމަށާއި އަދި ރާއްޖޭގެ ސުލްހަވެރިކަމާއި ދިވެހި ދައުލަތް ތަރައްގީއާ އުމްރާނީ ކުރިއެރުމަށް ގެންގޮސްދޭނެ ވޯޓެއްކަމަށާއި ފަސްޖެހިވަޑައިގަތުމެއް ނެތި ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް ޝަހީމް އެދިވަޑައިގަތެވެ.
ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވި ވަޑައިގަތް ވަގުތަކީ ރާއްޖޭއަށް ވަރަށް ދަތި ވަގުތުތަކެއްކަމަށް ސިފަކުރައްވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިޔާސީ ތޫފާނުތަކުގެ ތެރެއިން ރާއްޖެ ސަލާމަތްކުރައްވާ ރައްޔިތުންނަށް އެއްވެސް ވަރެއްގެ ތަކުލީފެއް ނުޖައްސާ އިގްތިސާދީ ފުދުއްތެރިކަން އިތުރުކުރައްވާފައިވާ ކަމަށެވެ.
ވަރަށް މުހިންމު ހިދުމަތްތަކެއް ރައްޔިތުންނަށްޓަކާ ރައީސް ޔާމީން ގާއިމުކޮށްދެއްވާފައިވާކަމަށް ޝަހީމް ވިދާޅުވި އެެވެ. އެގޮތުން ދަރުމަންވަންތަ ހޮސްޕިޓަލާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތަކާއި ބަނދަރުތަކާއި ގާއިމުކޮށްދެއްވާ، ތައުލީމީ ދާއިރާގެ ތަރައްގީއަށްވެސް ރައީސް ޔާމިން ގިނަ ކަންތައްތަކެއްކޮށްދެއްވާފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.
އެއްވެސް ސަރުކާރަކީ މައްސަލަ ނޯނާނެ ސަރުކާރެއް ނޫން ކަމަށާއި ކޮންމެ ސަރުކާރެއްގައިވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އޮންނާނެކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ރާއްޖޭގެ ކިތަމެއް ކަމެއް ރަނގަޅު މަގަށް އަޅުވާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޝަހީމް ވިދާޅުވި އެވެ.
މިދަތުރުފުޅުގައި ޝަހީމް ވަނީ މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތްނަވާފަ އެވެ.