twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެއާޕޯޓަށް އަރާ ގޯތިތައް 5 ދުވަހުގެ ތެރޭގައި ހުސްކުރަން އަންގައިފި

Sep 2, 2018

ކުޅުދުއްފުށީގައި ސަރުކާރުން ގާއިމުކުރާ އެއާޕޯޓަށް އަރައި 18 ގޯތި ފަސް ދުވަހުގެ ތެރޭގައި ހުސްކުރަން ރީޖަނަލް އެއާޕޯޓްސް އިން އެގެތަކުގެ ވެރިންނަށް ދެންމެ އަންގައިފި އެވެ.

އެއާޕޯޓް ސަރަހައްދަށް އަރައި 18 ގޯތީގެ ތެރެއިން 9 ގޯތީގައި ދަނީ މީހުން ދިރިއުޅެމުންނެވެ. އެތަނުން ގެއެއްގެ ވެރި ފަރާތްތަކުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ފައިސާވެސް ހަމަޖައްސައިދީފައިނުވާ ކަމަށާއި އަދި ބަދަލުގައި ލިބެން ޖެހޭ ބިންވެސް ސަރުކާރުން ދައްކާފައިނުވާ ކަމަށެވެ.

މިއިން އެއްވެސް ކަމެއް ހަމަޖައްސައިނުދީ ކުއްލިގޮތަކަށް ގޯތިތައް ހުސްކުރުމަށް ރީޖަނަލް އެއާޕޯޓްސްއިން އެންގުމުން ގެތަކުގެ ދިރިއުޅޭ މީހުން ތިބީ ގޮތް ހުސްވެ، ކަންބޮޑުވެފާކަމަށް އެމީހާ ބުންޏެވެ.

އޭނާ ބުނީ ކުއްޔަށް ދާނެ ތަންތަން ހޯދުމަށް މީގެ ދުވަސްކޮޅެއް ކުރިން ގެތަކުގެ ވެރިންނަށް ރީޖަނަލް އެއާޕޯޓްސް އިން އެންގި ނަމަވެސް ފައިސާ ހަމަޖައްސައިދީފައިނުވާ ކަމަށެވެ.

ގެތަކުގެ ބަދަލުގެ ގޮތުން ފައިސާ އާއި ގެއެއް އަޅާނެ ބިމެއް އަދި 8 މަސް ދުވަހުގެ ކުއްޔަށްވާ ފައިސާ ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އެތަށް އަމަލުކުރުމަށް ކޯޓުންވެސް ވަނީ ރީޖަނަލް އެއާޕޯޓްގެ މައްޗަށް ހުކުމެއްވެސް ނެރެފަ އެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފަށް ގުޅާލުމުން ވިދާޅުވީ މިކަމުގެ އެއްވެސް މައުލޫމާތު ސަރުކާރުގެ މުވައްސަސާއަކުން ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ. މިމައްސަލާގައި ރީޖަނަލް އެއާޕޯޓްސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355