ރައީސް ޔާމިންގެ ރަނިން މޭޓް ޑރ މުހައްމަދު ޝަހީމް މިއަދު ހދ ގެ 3 ރަށަކަށް ވަޑައިގެންފި އެވެ.
ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޝަހީމް ވަނީ ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫއަށް ވަޑައިގެންފައެވެ.
އެގޮތުން މި 3 ރަަށަށް ވަޑައިގެން ޝަހީމް ވަނީ ޖަގަހަ ޖަލްސާ ބާއްވާ އަދި ޑޯ ޓު ޑޯ ވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ވަކިވަކިން ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކާއިވެސް ޝަހީމް ވަނީ ބައްދަލުކުރައްވާފަ އެވެ.
އިއްޔޭ ހަވީރު ވަނީ ޝަހީމް ކުޅުދުއްފުއްޓަށް ވެސް ވަޑައިގެންފަ އެވެ. އަދި ރޭ ވަނީ ޖަގަހާގައި ރައްޔިތުންނާ ބައްދަލުވެސް ކުރައްވާފައެވެ.
މިހާތަނަށް ހދ ގެ 7 ރަކަށް ޝަހީމް ވަޑައިގެންފައިވާއިރު ކުޅުދުއްފުއްޓާއި މިއަދު ވަޑައިގަތް 3 ރަށުގެ އިތުރުން ހަނިމާދު، ނޮޅިވަރަމް އަދި ކުރިނބީއަށް ވެސް ވަނީ ވަޑައިގެންފަ އެވެ.