ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ އެރަށުގެ މުސްތަގުބަލަށްޓަކާ ބިނާ ކުރެވޭ ވަރަށް މުހިންމު މަޝްރޫއުއަކަށް ކަމަށް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެެވެ.
މިއަދު ހަވީރު ޑރ ޝަހީމް ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ވަޑައިގެން، އެސައިޓް ބައްލަވާލެވުމަށްފަހު އެމަނިކުފާނު ދެއްވި ފޭސްބުކް ލައިވްގައި ވިދާޅުވީ މިމަޝްރޫއު ވެގެންދާނީ ކުޅުދުއްފުށީގެ ޒުވާނުންގެ މުސްތަގުބަލަށްޓަކާ ބިނާކުރެވޭ ވަރަށް މުހިންމު ބޮޑު މަޝްރޫއުއަކަށް ކަމަށެވެ. އަދި މިސަރަހައްދުގެ ރަށްރަށުގެ ރައްޔިތުންނަށް މި އެއާޕޯޓްގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށް ޝަހީމް ފާހަގަކުރެއްވި އެވެ.
” މާލޭން ފުރައިގެން ސީދާ ކުޅުދުއްފުއްޓަށް ، މިއީ ރާއްޖޭގެ ވަރަށް މަދު ރަށަށް ނޫނިއްޔާ ނުލިބޭނެ ފުރުސަތެއް ގާއިމުވެގެން މިދަނީ.” ކުޅުދުއްފުށީގައި ގާއިމްކުރާ އެއާޕޯޓްގެ ރަންވޭ މަތީގައި ހުންނަވައިގެން ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންވެސް އެއާޕޯޓްގެ މަޝްރޫއުއާ ދެތެރޭ އުފާވެރި އުންމީދުތަކެއް ކުރައްވާ ކަމަށެވެ. އަދި މިމަޝްރޫއު ވަރަށް އަވަހަށް ނިމިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިހާ މުހިންމު މަޝްރޫއުއެއް މިރަށުގެ ރައްޔިތުންނަށްޓަކާ ގާއިމުކޮށްދެއްވަމުން ގެންދަވާކަމީ އެކަމުގައި ޝުކުރު ހައްގު މަސައްކަތެކަމަށެވެ.
ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުވެއްޖެނަމަ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލްކޮށްދީފާނެ: ޝަހީމް
ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ތަނަވަސް ފުރުސަތުތަކެއް ހޯދައިދިނުމަށްކަމަށް ޝަހީމް ވިދާޅުވި އެވެ.
މިފަދަ މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިއަށްދާއިރު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ދެވަނަ ދައުރަކަށް ފުރުސަތެއް ލިބިއްޖެނަމަ މިފަދަ ކިއްތަމެއް މަޝްރޫއުއެއް ރާއްޖޭގެ ރައްޔިތުންނަށްޓަކާ ގާއިމުވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިއަދު ކުޅުދުއްފުށީ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން–
ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ދިއުމުގެ ބަދަލުގައި މިއީ ގައުމު ބިނާކުރުމުގެ ވަގުތު ކަމަށާއި މި ފަހި ފުރުސަތު ނަގާލާފިނަމަ އަނެއްކާވެސް ރާއްޖެ ދާން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށްކަމަށެވެ. އަދި އޭރުން އެ ގެއްލިގެންދިޔައީ ވަރަށް އަގުހުރި ރަނުގެ ފުރުސަތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންވުމުން ރައީސް ޔާމީނަށް ހުރިހާ ރައްޔިތުން ދެވަނަ ފުރުސަތެއް ދެއްވުމަށް ޝަހީމް އެދިވަޑައިގަތެވެ.
(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v3.1'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));
Dr. Mohamed Shaheem Ali Saeedさんの投稿 2018年9月3日月曜日
ކުޅުދުއްފުށީ ޕީޕީއެމްގެ އަސުރުމާ ޖަގަހާގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަހީމް ވަނީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުވެއްޖެނަމަ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދާނެކަމުގެ އިޝާރާތެއްވެސް ދެއްވާފަ އެވެ.