ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ބަސީރު އެކަޑަމީން ދަރިވަރުންނަށް ހިލޭ ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފި އެވެ.
މިއަދު ފެށި މިޕްރޮގުރާމުގައި 9 – 12 އަހަރާ ދެމެދުގެ 20 ކުދިން ބައިވެެރިވެފައިވާ ކަމަށެވެ.
ބަސީރު އެކަޑަމީ އާއި ކުޅުދުއްފުށީ ޕޮލިސް ސާވިސް އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ދެ ޖިންސްގެ ކުދިންނަށް ވަނީ ހުޅުވާލާފަ އެވެ.
ބަސީރު އެކަޑަމީ ކުރިއަށްގެންދާ ފަތަން ދަސްކޮށްދޭ ޕްރޮގުރާމުގެ ތެރެއިން–
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގުރާމުގައި ކޮންމެ ދުވަހަކު ދެ ގަޑީގައި ސެޝަންތައް ކުރިއަށްދާނެ އެވެ. މި ތަމްރީން ޕްރޮގުރާމުގައި އިންސްޓަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ތަމްރީން ލިބިފައިވާ ފުލުހުންނެވެ.