twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފޮޓޯގެ ހަގީގަތް، އަލިބެ ބުނަނީ މިހެން !

Sep 4, 2018

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ކުޅުދުއްފުށީ އެއާޕޯޓް އަޅައި ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރުމަށް އެމްޑީޕީ ހާޑްކޯ އެކްޓިވިސްޓަކު އެތަނަށް ދިޔަ އެވެ. އޭނާގެ ކަންބޮޑުވުންތަކަކާއެކު އެވެ. އެތާ ކަންތައްވީ ތަފާތު ގޮތަކަށެވެ. މަންޒަރު ފެންނަ ފޮޓޯ އިން ޝަހީމްގެ އަމަލުކުރީ ވަރަށް ހުތުރުކޮށް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ. ހާއްސަކޮށް އެމްޑީޕީއާ ސަރުކާރުގެ ދެކޮޅު ފަރާތްތަކުން އަޑު މިކަމުގައި ގަދަ އެވެ.

މި ބުނާ އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓަކީ ކުޅުދުއްފުށީ، ޑޭޒީވިލާ، އަލީ އިސްމާއިލެވެ.

އޭނާ ޝަހީމާ ބައްދަލުކުރައްވަން އެތަނަށް ދިޔައީ އެއާޕޯޓަށް އަރާ ގޯތިތަކުގެ ތެރޭގައި އޭނާ ގޯތި ހިމެނޭތީ، ރީޖަނަލް އެއާޕޯޓުން ގޯތިތައް ހުސްކުރަން ފަސް ދުވަހުގެ މުއްދަތު ދިން އިރު އެކަމަށް ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ފައިސާގެ ކަންކަން ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރާށެވެ. އަދި ކުއްޔަށްވާ ފައިސާ ވެސް ހަމަޖައްސާދީފައިނުވާތީ އެވެ. ކޯޓުން ހުުކުމްކޮށްފައިވަނީ ބައެއް ގޯތިތަކުގެ ވެރިންގެ ހުށަހެޅި އަގުތަކަށް ރިޔާއަތްނުކޮށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިމައްސަލައަށް ހައްލެއް ލިބޭތޯ އަލީ އިސްމާއިލް، ޑރ ޝަހީމްއާ ބައްދަލުކުރުމަށް ދިޔައީ ކަންބޮޑުވާ ރައްޔިތެއްގެ ހައިސިޔަތުންނެވެ.

ޝަހީމް، އަލީ އިސްމާއިލްއާ ބައްދަލުކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއަކާ ބައެއް ވީޑީއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ މަންޒަރުން ބަލާލާ މިހަކަށް އެކަމުގެ އަސްލު އަދި ނޭނގި ދާނެ އެވެ. ޝަހީމް އާއި ސަޕޯޓަރުންގެ ބަޔަކު އަލިބެ ވަށާލާ ތިބެ އަތް ޖަހާ އެ މަންޒަރު ފެނުމުން ހަގީގަތް އޮޅެ އެވެ. ބަލާލާއިރު ހީވަނީ މަލާމާތެއް ކުރާހެނެވެ. ނަމަވެސް އަތް ޖެހީ ކީއްވެހެއްޔެވެ؟ ހަގީގަތަކީ ކޮބާ ހެއްޔެވެ؟

ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އަލިބެ، ޝަހީމްއާ ބައްދަލުކުރަންދާ މަންޒަރު ފެނެ އެވެ. އަދި އަލިބެ ފަހަތުން އެތަނުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންވެސް ދާ ތަން ފެނެ އެވެ. އަލިބެ ގޮސް ޝަހީމްއާ ބައްދަލުކޮށް ފުރަތަމަވެސް ސުވާލުކުރީ މިހެންނެވެ. “ތިޔަ ބޭފުޅާއަށް އެނގިލައްވާ ތޯ އޭ، ކުޅުދުއްފުށީ އެއާޕޯޓަށް 18 ގެ އަރާކަން”. ޖަވާބުގައި ޝަހީމް އާދޭހޭ ހަބަރުތަކުން އަޅުގަނޑަށް ވަނީ އެނގިފައޭ ވިދާޅުވެ އެވެ.

އަލިބެ ދެން ބުނީ އެ ގެތަކަށް ވަރަށް އަދުލްވެރި ބަދަލެއް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ 2014 ވަނަ އަހަރު ވިދާޅުވެފައިވާ ކަމަށެވެ. މިމަހުގެ ދެވަނަ ދުވަހު ފަސް ދުވަހުގެ ތެރޭގައި ގެތައް ހުސްކުރުމަށް ވައިބާ އިން މެސެޖެއް މެދުވެރިކޮށް ރީޖަނަލް އެއާޕޯޓްސް އިން އެ ގެތަކުގެ ވެރިންނަށް އެނގި ކަމަށާއި އެކަމަކު ގޭގެ ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާވެސް ކުލީގެ ފައިސާވެސް ދެއްވާފައިނުވާ ކަމަށެވެ. އެ ފައިސާ ނުދެއްވަނީހެ ގެއިން ނިކުންނާނީ ކިހިނެއްތޯ އަލިބެ، ޝަހީމްއާ ސުވާލު ކުރައްވަ އެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v3.1'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

Miothee Aslu Video, Dhogu fethuri kudhinnah v vedhun,

Imran Adilさんの投稿 2018年9月4日火曜日

މަޑުތިރިކަމާއެކު އަލިބެ ކުރި ސުވާލުތަކަށް ޝަހީމް ދެއްވީ ވަރަށް އާދައިގެ ޖަވާބެކެވެ. ވިދާޅުވީ ރައީސް އެހެން ވިދާޅުވެދެއްވާފައިވާނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށެވެ. އެ ފައިސާ ދެއްވާނެ ކަމަށް ޝަހީމް ތަކުރާރުކޮށް ވިދާޅުވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

ވައިބާއިން އެފަދަ މެސެޖެއް ނުކުރާނެ ފަދަ ގޮތަކަށް އެތަނުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުންދާ ފެށުމުން އަލީ އެކަން ކަށަވަރުކުރުމުގެ ގޮތުން ދިފާއުގައި ވާހަކަދައްކަ އެވެ. އެއީ ރީޖަނަލް އެއާޕޯޓްސް އިން ފޮނުވި މެސެޖްކަން އެބޭފުޅުން ޔަގީން ކޮށްދީފައިވާކަމަށް އަލީ ބުނެ އެވެ. ފައިސާ ހަމަޖައްސައިދީފައިނުވާއިރު ރީޖަނަލް އެއާޕޯޓަސްއަށް ގުޅުމުން މިހާރު މިދަނީ އެކައުންޓް ނަމްބަރު ހޯދަމުން ކަމަށް ބުނެފައިވާކަމަށް އަލީ ބުނެ އެވެ. އަދި އެކައުންޓް ނަންބަރުތައް ހޯދުމަށް ކިއްތަށް ގަޑިއިރު ނަގާނެ ކަމެއް ނޭނގޭ ކަމަށް އަލީ މަލާމާތުގެ ގޮތަކަށް ބުނެ އެވެ. އަލީ ވާހަކަތައް އަޑު އެއްސެވުމަށް ޑރ. ޝަހީމް މަޑުމަތިރިކަމާއެކު ހުންނެވުމަށްފަހު އެކަންތައްތައް އޮތީ ކިހެނެއް ތޯ އޮތީ، ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވާ އާހަމަ/ ރަޝާދު ގާތުގައި ޝަހީމް އައްސަވަ އެވެ. ޖަވާބުގައި ރަޝާދު ވިދާޅުވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަތައް ވަނީ ކޯޓުން ނިންމާފަ ކަމަށާއި ބައެއް ގޯތިތަކުގެ ވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. ރަޝާދު ވާހަކަ ދެއްކެވީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތަކަށް ކަމަށް ބުނެ އެވެ. އެހެން ހަމަ ރަޝާދު ބުނެ ނިންމާލާ ތަނުން އަލީ އެކަން ދޮގުކުރެ އެވެ. ގެތަކުގެ ވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާނުކުރާ ކަމަށް އަލީ ބުނަމުން ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

އަލީ ދެކޮޅުން ހެދުންތަކާއެކު އެތަނުގައި ތިބި ބައެއް ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން މީހަކު އެކަން ވަނީ “ނިންމާފިއޭ” ބުނަމުންދާ އަޑު އިވެ އެެވެ. އެކަން ހަމަޔަކަށް އެޅުވުމުގެ ގޮތުން ރަޝާދު މަސައްކަތްކުރާ މަންޒަރު ފެނެ އެވެ. “އަޅުގަނޑުމެން އޭތި ސާފުކުރާނަން. އަލީ، އަޅުގަނޑުމެން މަގުމައްޗެއް ނުކުރާނަން. އަޅުގަނޑުމެން ހަމަ އޭތި ސާފުކުރާނަން” ރަޝާދު ބުނެ އެވެ.

އެހެން ބުނަމުން އަލީ ގޮވައިގެން އެތަނުގެ ނިކުތުމަށް ރަޝާދު މަސައްކަތްކުރުމުން، ދާން ވަނީ ސަލާމްކޮށްލާފަ ކަމަށް ޑރ. ޝަހީމް ވިދާޅުވެ އެވެ. ޝަހީމްއާ ސަލާމްކުރެ އެވެ. އަދި އެއާޕޯޓް އެޅުމަކީ ކޮން ކަހަލަކަމެއް ތޯ ޝަހީމް، އަލީ ގާތު ސުވާލުކުރުމުން ޖަވާބުގައި އެއާޕޯޓް އަޅަން ތާއިދުކަން ހާމަކުރި އެވެ. އެއާޕޯޓް އަޅަންވީއޭ ބުނުމާއެކު ޝަހީމާއެކު އެ ތަނުގައި ތިބި އެންމެ އަތް ޖަހަން ފަށަ އެވެ. މި ފޮޓޯއިން ފެންނަނީ އެ މަންޒަރެވެ. އެއްވެސް ހާލެއްގައި އަލީ ދިއުމުން އޭނާ އެތަނުގެ މެދަށް ލައިގެން އަތް ޖެހީކީ ނޫނެވެ. ނޫނީ ދެރަކޮށްލުމުގެ ގޮތުން ކުރިކަމެއް ވެސް ނޫންކަން ވީޑިއޯއިން ހާމަވެ އެވެ.

އެކަމަކު އެނބުރިދާން ފެށުމުން “ކޮބާ މާދަމާ ނެރޭނަމޭ” ބުނެ އެތަނުގައި ތިބި ބައެއް ސަޕޯޓަރުން ހަޅޭލެވި އަޑު އިވެ އެވެ.

މިމައްސަލާގައި އަލީގެ ބަސް؛

“އެންމެ ފުރަތަމަ ޝަހީމް އެތަނުގައި (އެއާޕޯޓް) ގައި ހުންނަވަނިކޮށް ބައްދަލުކުރަން އަޅުގަނޑު ދަނިކޮށް ރަޝާދު އައިސް ބުނަނީ އަލިބޭ ވޭ މިގަޑީގައި މިތަނަށް ނައިސް ދާށޭ. ސަހާދެއް ފަދަ ތެދެކޭ ޝަހީމްއާ ބައްދަކޮށްދޭނަމޭ. ދެން އަޅުގަނޑު އަނބުރާލީ އެތަނުން ދިއުމަށް ޝަކުވާއެއް ނުރަން. ބާރަކަށްވެސް އެއްޗެކޭ ނުބުނަން. އަނބުރާލިފަހުން ފަހަތުން ގޮވީ(އެތަނުގައި ތިބި ކުރައުޑުން) އަންނާށޭ.” އަލީ ބުންޏެވެ.

މިމައްސަލާގައި އަލީއާ މިނޫހުން ސުވާލުކޮށްލުމުން ބުނީ އެތަނުގައި ޝަހީމް އަމަލު ކުރެއްވީ ރަނގަޅު ގޮތަކަށް ނޫން ކަމަށެވެ.

“އަޅުގަނޑު ނުދަންނަވާނަން ޝަހީމް ފުރައްސާރަކުރިއެކޭ. ރައްޔިތަކު ޝަކުވާ ހިފައިގެން ދިއުމުން ޝަހީމް އަމަލުކުރެއްވީ އެންމެ ރަނގަޅުގޮތަކަށް ނޫން.” އަލީ ބުންޏެވެ.

އެތަނުގައި ތިބި ޕީޕީއެމްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން މަލާމާތާ ކުރިމަތިވި ކަމަށާއި އެކަންތައްތައް ހުއްޓުވަން ޝަހީމް އެއްވެސް ވަރަކަށް މަސައްކަތްކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

“އޭނަ (ޝަހީމް) އެއީ މާދަމާގެ ނައިބު ރައީސްއަށްވެސް ވެދާނެ. އޭނަގެ ސަޕޯޓަރުން އެތަނުގައި އެތިބީ. އަޅުގަނޑު މިއީ ކުޅުދުއްފުށީ ރައްޔިތެއް. އަޅުގަނޑުގެ ހިއްސާވެސް އެ އެއާޕޯޓް ވާނެ ދޮއްތޯ. އެހެންވީމަ އެވަރުގެ މީހެއްގެ ފަރާތުން ފެންނަށްވީ ސިފައެއް ނޫން ފެނުނީއްޔެ.” އަލީ ބުންޏެވެ.

އަލީ ބުނީ ރައްޔިތަކު ބައްދަލުކުރަން ދިއުމުން އެތަނުގައި ތިބި މީހުންތައް އެއް ކައިރިކޮށްލާފަ ވާހަކަ ދެއްކެންވާނެ ކަމަށެވެ.

މިވާހަކަތަކަށް އިޝާރާތްވާ ގޮތަށް ޕީޕީއެމްގެ ޕީޖީ ލީޑަރު މުހައްމަދު ނިހާން ހުސެއިން މަނިކު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ރައީސް ޔާމީންގެ ރަންނިން މޭޓް ކުޅުދުއްފުށީ އެއާޕޯޓްގައި އިއްޔެ ހުންނަވަނިކޮށް ރައްޔިތަކުން ޝަކުވާއެއް ހިފައިގެން އައުމުން އެމަނިކުފާނު އަތުގައި ޖަވާބެއް ދެއްވި ކަމަށެވެ.

“އެތަނުން ދުރުދިޔަ އެހެން ބަޔަކު، އެތަނުގެ ތިބި އެހެން ބަޔަކަށް ކޮންމެވެސް ވާހަކަތަކެއް ދެއްކި ކަމަށް ބިނާކޮށް އަޅުގަނޑުމެންގެ ރަނިން މޭޓް އިސްތަށިފުޅުގައި އެވާހަކަ އަޅުވާ، އެމަނިކުފާނުގެ އަބުރު ހުތުރުކުރުމަށް އެމްޑީޕީން މިއަދު މަސައްކަތް ފައްޓާފައިވާތީ ހިތާމަކުރަން.” ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ އެމްޑީޕީގައި އާންމުކޮށް ކަންތައް ކުރަމުންދާ ގޮތް ކަމަށެވެ. މިދުވަސްކޮޅު ރަނިން މޭޓްގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވަމުންދާ ކަމަށާއި ޝަކުވާ ހިފައިގެން އައި މީހާއަށް ޝަހީމަށް ދެއްވެން އޮތް އެންމެ ރަނގަޅު ޖަވާބު ދެއްވުމަށް ފަހު އެތަނުން އެމީހާ ދިޔައީ ސަލާމްވެސް ކޮށްފަ ކަމަށް ނިހާން ފާހަގަކުރެއްވި އެވެ.

“އޭގެ ފަހުން ވާހަކަތަކެއް ފަތުރާގެން އޯޑިއޯ ތައްޔާރުކޮށްގެން މިކަމުގައި އެމްޑީޕީން ކުރިއަށް މިގެންދަނީ. ހިތާމަހުރި ކަމެއްމީ.” ނިހާން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355