twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ހިޔާލަކީ ޖޭޕީގެ ވިސްނުމެއް: ނަސްރުﷲ

Sep 5, 2018

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ޖުމްހުރީ ޕާޓީން މާކުރިންވެސް ގެންގުޅުނު ވިސްނުމެއްކަމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ނަސްރުﷲ ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ގެނައީ ހދ އަތޮޅު ކައުންސިލްގައި މަސައްކަތް ކުރެއްވިއިރު އޭނަ އާއި އޭރުގެ ކައުންސިލަރެއްކަމަށްވާ އާދަމް ވަހީދު ކަމަށެވެ. އެ ދެ ބޭފުޅުންނަކީވެސް އޭރު ޖޭޕީގެ މެމްބަރުންނެވެ. އަދި ދެ ބޭފުޅުން އެދިގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ވައުދު ފުރަތަމަ ވީވެސް ގާސިމް އިބުރާހިމްކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ރައީސް ޔާމީން އެއާޕޯޓްގެ ވައުދުވީވެސް އެ ދެ ބޭފުޅުން ޕީޕީއެމްއަށް ގެންދަން ކުރި މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް ކަނޑައެޅިގެން ބުނަން ކެރިދާނެ އަޅުގަނޑާއި އާދަމް ވަހީދު އާއި ކައިރީގައި ރައީސް ޔާމިން އެދުނީ ޕީޕީއެމް އާއި ގުޅެވޭނީ ކޮން ގޮތަކަށް ކަންތައް ވީމަ ތޯ ؟ ދެން އަޅުގަނޑުމެން ދެންނެވިން ކުޅުދުއްފުށީގައި އެއާޕޯޓެއް ބޭނުންވާ ވާހަކަ.” ޖޭޕީއަށް ނިސްބަތްވާ ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީގޮތުގައި ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް ޔާމީން ނުވަތަ ޕީޕީއެމްގެ ވިސްނުމެއް ނޫން ކަމަށާއި ތިމަންނާމެންގެ އެއާޕޯޓެކޭ ކިޔައިގެން މިއަދު ރައީސް ޔާމީން ދައުވާކުރާއިރު އެއާޕޯޓްގެ ވިސްނުންވެސް އެބޭފުޅާގެ ސިކުނޑިއަށް ގެނެސްދެއްވީވެސް ނަސްރުﷲ މެންކަމަށް އޭނާ ވިދާޅުވި އެވެ.

“އެއާޕޯޓް މި ހެދެނީ މިއަދު ޕީޕީއެމް ގައި މަސައްކަތް ކުރާ މީހުން ކިތަންމެ ވަރަކަށް ތިމަނަމެން ގެނައި އެއާޕޯޓެކޭ ބުނިކަމުގައި ވިޔަސް އެ އެއާޕޯޓަކީ އެބޭފުޅުންގެ ސިކުނޑީގައި 2013 ގައި ހުރި އެއްޗެއްނޫން، އެ އަޅުގަނޑުމެން އެއިރު އަތޮޅު ކައުންސިލްގައި މަސައްކަތް ކުރި އިރު އަޅުގަނޑުމެން ކުރި ހިޔާލެއް އެއީ. އެއިރު އަޅުގަނޑުމެން ރައީސް ޔާމިންއަށް އެ ހިޔާލު ދެންނެވިން ، ކުޅުދުއްފުށީ ރައްޔިތުން އެބަ ބޭނުންވެޔޭ އެއާޕޯޓަކަށް ފަސޭހަކަމާއެކީ ވާސިލް ވެވޭނެ މަގެއް ހޯދަން.” ކުރީގެ ހދ އަތޮޅުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމަކު ޖޭޕީގެ ކުރެހުންތައް ހުރީ ރަށްފަޅު ނުވަތަ ގެތަކެއް ނަގައިގެން އެއާޕޯޓް އެޅުމުގެ ވިސްނުން ނޫން ކަމަށާއި އެ ބޭފުޅުން އެއާޕޯޓް އަޅަން ވިސްނާފައިވަނީ ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކައިގެން އެއާޕޯޓް އަޅަން ކަމަށެވެ. އެއީ ރަށުގެ ބިމުން އެއްވެސް މިންވަރެއް ގެއްލިގެން ނުދާގޮތަށް ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. މޫދު ހިއްކައިގެންވެސް އެއާޕޯޓް އަޅާނެ ޖާގަ އޮތްއިރު އެކަން މިސަރުކާރުން ނުކުރީ އިހުލާސްތެރިކަމެއް ނެތީމަކަމަށެވެ. ކުއްލިއަށް އެއާޕޯޓް ހަދަން ފެށީ 6500 ހާ މީހުންގެ ވޯޓްލާ އާބާދީއެއް އޮންނާތީ އެކަމާ ބިރުން މަޖުބޫރުވެގެން ކޮންމެވެސް ގޮތަކަށް އެއާޕޯޓެއް ހަދަން ވެގެން ފަރުވާކުޑަ ގޮތަކަށް ހަތަރު ސިގްނަލް ޖަހާފަ ނަމަކަށް އެއާޕޯޓެއް ހަދަނީކަމަށް އޭނާ ވިދާޅުވި އެވެ.

“ނަމަވެސް އަޅުގަނޑުމެންގެ ވިސްނުމުގެ ސަބަބުން ގެއެއް އުސް ނުކުރެވި ވެސް ހުންނާކަށް ނުޖެހޭނެ އެއްވެސް ގެ އެއް އެހެން ތާކަށް ރީ ލޮކޭޓްކުރާކަށް ވެސް ނުޖެހުނީސް.” ނަސްރުﷲ ވިދާޅުވި އެވެ.

” ސަރވޭއެއް ނުކުރާކަމުގެ ހެއްކެއް 4 ވަރަކަށް ފޫޓް ބޯކިލާގަނޑެއްގެ ތެރެއަށް ވެލިއަޅާ އެ ވެއްޔާ ކިލާގަނޑާ އެއްވީމަ އެ ކިލާގަނޑު ހަރު ނުވީމާ އަނެއްކާ މިޖެހުނީ އެ ކިލާގަނޑުނަގަން، އެއީ އަޅުގަނޑު މި ދަންނަވާ ސާރވޭ އެއް ނުކުރާކަމުގެ ވަރަށް ކުޑަ ކުޑަ މިސާލެއް.” ނަސްރުﷲ ވިދާޅުވި އެވެ.

އެއާޕޯޓްގެ ވައުދަކީ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅާ ނިންމަންވީ ވައުދެއްކަން ފާހަގަކުރައްވަމުން ނަސްރުﷲ ވިދާޅުވީ މިހާރު އެއާޕޯޓްގެ ވައުދު ފަސް އަހަރުވެ ދިގުލައިގޮސް 2018-2023 ވެސް ރައީސް ޔާމީން ވެފައިއޮތީ އެވައުދު ކަމަށެވެ. އެއާޕޯޓް ވައުދުން ސަލާމަތް ނުވެވިގެން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ތަން ފެންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަސްރުﷲ ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅަން ވައުދުވި އެއާޕޯޓްގެ ރަންވޭ ވެސް ދައުރު ނިމެން 18 ދުވަހަށްވެފައިވާއިރުވެސް ނިމިފައިނުވާ ކަމަށެވެ. އަދި ޓެސްޓް ފުލައިޓެއް ޖެއްސިއެއް ކަމަކު އެ އެއާޕޯޓް ހެދުނިއްޔެނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ވިންދާ ރޫހާ އެއްގޮތަށްކަމަށް އުންމީދުކުރައްވާ ކަމަށެވެ. ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު އެއާޕޯޓް އެޅުމާ ދެކޮޅު ނޫން ކަމާއި އަދި ތަރައްގީގެ އެއްވެސް މަޝްރޫއުއަކީވެސް ދެކޮޅު ނޫން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355