twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފައިނަލް ވޯޓަރސް ލިސްޓް އާންމުކޮށްފި

Sep 5, 2018

މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

އާންމުކުރި ވޯޓާސް ލިސްޓްގައި ވާ ގޮތުން، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 262،135( ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަހެއް) މީހުނެއެވެ.

ރިޔާސީ އިންތިހާބްގައި ވޯޓުލުމަށް 472 ވޯޓު ފޮއްޓެއް ބެހައްޓުމަށް ހަމަޖެހިފައިވާއިރު 302 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށް ރަށުގައެވެ.

މާލޭ ސިޓީގައި 122 ފޮއްޓެއް ބަހައްޓާއިރު 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓައެވެ.

ވޯޓު ފޮށި ޖަލުތަކުގައި ބަހައްޓާއިރު ސިނާއީ މަސައްކަތް ކުރާ ދެ ރަށަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން ރީޖަނަލް އެއާޕޯޓުގައި ވެސް ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވެއެވެ.

ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އިންޑިއާގެ ޓްރެވެންޑްރަމާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ސްރީ ލަންކާގެ ކޮލަމްބޯގައި ދެ ފޮށި ބެހެއްޓުމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓް އާންމުކުރި އިރު ކެނޑިޑޭޓުންނަށް ވޯޓާސް ލިސްޓްގައި ސޮއި ކުރުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355