twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިހަވަންދޫގެ ތަރައްގީއަށް ގިނަ ވައުދުތަކެއް އިބޫ ވެވަޑައިގެންފި

Sep 6, 2018

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު އިހަވަންދޫއަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.

އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އިބޫވަނީ އެރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެ ކަމަށާއި އަދި ބިން ހިއްކާ ބިމުގައި ގޯތި ދޫކޮށް ސިނާއީ މަސައްކަތްތަކަށް ވެސް ބިން ދޫކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދޯނި އެހެލުމަށް “ސްލިޕްވޭ”އެއް ގާއިމުކޮށް އެރަށުގައި މަސްގަނެ ވިއްކޭނެ ގޮތް ހަދާ ދެއްވާނެ ކަމަށާއި އަދި އެރަށުގައި ހުރި އައިސްޕްލާންޓް މިހާރަށް ވުރެ ބޮޑު ކޮށް މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ލިބޭނެ ގޮތް ހަމަޖައިދޭކަމަށް ވެސް އިބޫ ވަނީ ވިދާޅުވެ ފަ އެވެ.

ފުޓްސަލް ދަނޑެއްގެ ބަދަލުގައި އެރަށުގައި ޓާފް ފުޓްބޯޅަ ބޮޑު ދަނޑަކާއިއެކު ޒުވާނުންގެ މަރުކަޒެއްވެސް އެޅިގެންދާނެ ކަމަށާއި އެތަނުގައި ޒުވާނުން ކުޅެއް ބޭނުންވާ ކުޅިވަރުތަކުގެ ފެސިލިޓީސްތައް ގާއިމް ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އަދި ރައްޔިތުން އެދޭ ގޮތަށް ރަށުގައި މަގުތައް ތާރު އަޅައި އިހަވަންދޫގައި އޮތް ބަނދަރު ވެސް ރައްޔިތުން ބޭނުންވާގޮތަށް ބަދަލު ގެނެސްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިހަވަންދޫއަކީ ހއ އަތޮޅުގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355