twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހައިކޯޓް އުތުރު ގޮތްޕަށް މައްސަލަތައް ބަލައިގަންނަށް ފަށައިފި

Sep 6, 2018

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައިކޯޓްގެ އުތުރު ގޮއްޕަށް މައްސަލަތައް ބަލައިގަންނަށް ފަށައިފި އެވެ.

ހައިކޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުތުރުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮއްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެމައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިނަލަށް ހުށަހެޅުމުން އެމައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓް އުތުރު ގޮތްޕަށް ފޮނުވުމަށް ގެންދިއުމަށް ސްޕްރީމް ކޯޓުން އަންގާފައިވާކަމަށެވެ.

އެހެންވެ ހައިކޯޓްގެ އުތުރު ގޮފީގެ ކައުންޓަރުން އެފަދަ ލިޔުންތަކާއި ފައިލްތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައިވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ހައިކޯޓްގެ އުތުރުގެ ގޮފި ހުޅުވުމަށް ވަކި ތާރީޙެއް އަދި ކަނޑަޅާފައިނުވިނަމަވެސް އެކޯޓްގައި ޝަރީއަތްތައް ފެށުމަށްޓަކާ މަސައްކަތް ކުރަން ޖެހޭ މަސައްކަތަށް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޯޓް ރޫމުތަކުގެ ސެޓްއަޕް އާއި ޝަރީއަތްތައް ފެށުމުގެ ކުރިން އިދާރީގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިންމުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނުންގެ ފަރާތުން ވަރަށް ފަހުން ކުޅުދުއްފުއްޓަށް ދަތުރެއްކޮށް ހައިކޯޓްގެ އުތުރު ގޮފީގެ އިމާރާތުގެ މަސައްކަތަށްދާ ގޮތާއި އެކަމުގެ ފަހުގެ މައުލޫމާތު ހޯދައި ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދަތުރުގައި ފާހަގަކުރެވުނު އިތުރަށް ބޭނުންވާ ކަންތައްތައްވެސް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްްޕްރީމް ކޯޓުން 2015 ވަނަ އަހަރުގެ ފެބްރުއަރީމަހު އުތުރާއި ދެކުނަށް ނިސްބަތްވާ ހައިކޯޓްގެ ސަރަހައްދުތައް ކަނޑައަޅާފައިވާއިރު އުތުރު ސަރަހައްދުގައި އުފައްދާ ހައިކޯޓްގެ ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

އުތުރުގެ ހައިކޯޓްގެ ގޮފި ގާއިމްކުރަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަރ ކޮމްޕްލެކްސް އިމާރާތުގެ ފުރަތަމަ ފަންގިފިލާން ބައެއްގަ އެވެ.

އުތުރާއި ދެކުނުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހައި ކޯޓްގެ ދެ ގޮފިން ބެލުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފު ކުރުން އެކަންޏެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355