twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައިޝާއަށް އެހީވުމަށް މިހަފްތާ ބަންދުގައި ފަންޑް ހޯދުމުގެ ހަރަކާތެއް !

Sep 6, 2018

އުފެދުމުގައި ހުރި އުނިކަމެއްގެ ސަަބަބުން ހިނގާ ބިނގާވެ އުޅުމަށާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ ކުޅުދުއްފުށީ، ވެލައްސަރު އުމުރުން އެންމެ 2 އަހަރުގެ ރައިޝާ ބިންތި އަހުމަދަށް ބޭނުންވާ ފަރުވާއަށް ފައިސާ ހޯދުމުގެ ގޮތުން އެ އާއިލާއިން ފަންޑް ރެއިޒިން އިވެންޓެއް މި ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އާއިލާއިން އިސްނަގައިގެން ކުރިއަށް ގެންދާ މި އިވެންޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4 ން 6 އަށް ޝަހީދު ހުސެއިން އާދަމް ހަނދާނީ މައިޒާންގައި، ހޮނިހިރު ދުވަހު 9 ން 12 އަށް ހޮނިހިރު ބާޒާރު ސަރަހައްދުގައި އަދި 4 ން 6 އަށް ޝަހީދު ހުސެއިން އާދަމް ހަނދާނީ މައިޒާން ކައިރީގަ އެވެ.

މި އިވެންޓުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ޕާނީ ޕޫރީ، ފަޅޯމަޖާ އަދި ކަޕް ކޭކުއެެވެ. ޕާނީ ޕޫރީ 35 ރުފިޔާއަށް، ފަޅޯ މަޖާ އަދި ކަޕްކޭކު ވިއްކަނީ 10 ރުފިޔާއަށެވެ.

ރައިޝާއަކީ އަހަރުން ފެށިގެން ފިޓް ޖެހުމުގެ މައްސަލަވެސް ދިމާވެފައިވާ ކުއްޖެކެވެ. ކޮންމެ 3 މަހަކުން 3 މަހަކުން ރައިޝާ އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދައްކަން ޖެހެއެވެ. އެ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް ނުވުމާއި އެކު ރާބަރަށް ފަރުވާ ދެވިއްޖެނަމަ ރައިޝާއަށް ހިނގާ، ވާހަކަ ދެއްކޭނެކަމުގެ އުންމީދު ޑޮކްޓަރުން ދެއްވާފައިވާތީ ރައިޝާގެ ފަރުވާއަށް އެއާއިލާއިން އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށް ބޭނުންވެއެވެ.

އެއާއިލާއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ރައިޝާގެ ބައްޕަ އަހުމަދު އިބްރާހިމްގެ ބީއެމްއެލްގެ އެކައުންޓް ނަންބަރު 7706343118101 ފައިސާ ފޮނުވުމަށް އެއާއިލާއިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355