twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރަށުގެ ތިބެގެން ވަޒީފާ އާއި ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެގޮތް ހަދައިދޭނަން: އިބޫ

Sep 6, 2018

އިއްތިހާދުގެ ވެރިކަމެއްގައި ވިސްނުމަކީ ރަށްރަށުގެ ރައްޔިތުން އެރަށެއްގައި ތިބެ އާމްދަނީ ހޯދުމަށް މަސައްކަތްތައް ކުރެވޭނެގޮތް ހޯދައިދީ އާއިލާއެކު ރަށުގައި ތިބެ ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެގޮތް ހެދުންކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވި އެވެ.

ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ތަކަންދޫއަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ތަކަންދޫގެ އާބާދީއާ އަޅާ ބަލާއިރު ރަށުގައި ދިރިއުޅޭ އާބާދީ ވަރަށް މަދުންކަމަށާއި އެހެންދިމާވެފައިވަނީ ވަޒީފާ އާއި ތައުލީމާއި ސިއްހީ ބޭނުންތަކަށް ރަށް ދޫކޮށް އަތޮޅުގެ އެހެން ރަށްތަކަށާއި މާލެ ސަރަހައްދަށް ހިޖުރަކުރަން ޖެހިފައިވާތީ ކަމަށެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ވިސްނުމަކީ ރަށްރަށުގެ ރައްޔިތުން އެރަށެއްގައި ތިބެ އާމްދަނީ ހޯދުމަށް މަސައްކަތްތައް ކުރެވޭނެގޮތް ހޯދައިދީ އާއިލާއެކު ރަށުގައި ތިބެ ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެގޮތް ހެދުންކަމަށެވެ.

އެކަން ކުރެވޭނީ ރަށުގައި ތިބެ ވަޒީފާ ހޯދޭނެ ގޮތް ހަދައިގެން ރަށާ ކައިރިން ވަޒީފާތަކެއް އުފެއްދިގެންކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހއ އަތޮޅަށްވެސް ފަތުރުވެރިކަންފުޅާކޮށް ތަރައްގީކުރެވިގެންދާނެ ކަމަށާއި ނަތީޖާއެއް ގޮތުން ރަށާއި ކައިރިން ވަޒީފާ އަދާކުރެވި އާމްދަނީ ލިބޭގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގެނައި ބަދަލުތަކާ ހެދި ކުދި ވިޔަފާރިތައް ބަނގުރޫޓްވެފައިވާކަމަށާއި އިއްތިހާދުގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއްދީ އެ ވިޔަފާރިތައް ކޮޅަށް ޖަހާނެކަމަށެވެ. އަދި ކުދި ދޯނިފަހަރުތައް ގެންގުޅޭ ފަރާތްތަކުން މިސަރުކާރުން ބޮޑެތި އަދަދުން ޖޫރިމަނާކޮށްފައިވާކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ކުދި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށް، ފީ ކަނޑާލާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ތަކަންދޫގައި ވާހަކަ ދައްކަވަމުން އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ އަސާސީ ހިދުމަތަކީ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިނުގަނަވާ ކަމަށާއި އެކަން އޮންނަނީ ރައީސް ޔާމީން ހެޔޮފުޅުކަމުން ކޮށްދެއްވާ ވަރަށް ބޮޑު ވައުދެއްގެ ގޮތުގައި ކަމަށެެވެ. އެކަމަކު އިއްތިހާދުގެ ސަރުކާރެއްގައި އެކަން އޮންނާނީ ވައުދެއްގެ ގޮތުގައި ނޫން ކަމަށާއި އެކަމަކީ ކުރަން މަޖުބޫރުކަމެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވި އެވެ.

” އަސާސީ ހިދުމަތްތަކަކީ ކޮންމެ ރަށްށަކަށް އަރާ ވާންޖެހޭ ވައުދެއް ނޫން. ގާނޫނު އަސާސީ ލާޒިމްކޮށްފައި އޮންނަކަމެއް އެއީ ކޮންމެ ސަރުކާރަކަށްވެސް.” އިބޫ ވިދާޅުވި އެވެ.

އެގޮތުން އިއްތިހާދުގެ ސަރުކާރެއްގައި ނަރުދަމާ އާއި ފެނުގެ ހިދުމަތް ތަކަންދޫގައިވެސް ގާއިމްކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355