ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްބޯޅަ ކޭމްޕް ނެއްލައިދޫގަ !

އަބްދުލް ވާހިދު ޙަސަން - 4 މަސް ކުރިން - 7 ސެޕްޓެމްބަރ 2018


ބަސީރު ސްޕޯޓްސް އެކަޑަމީގެ ދަރިވަރުން މިއަދު ނެއްލައިދޫގަ

ކުޅުދުއްފުށީ، ބަސީރު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ހދ ނެއްލައިދޫއަށް ކޭމްޕް ދަތުރެއް ގޮސްފި އެވެ.

މިއަދު ފެށި މިކޭމްޕްގައި އެ އެކަޑަމީގެ 10-13 އަހަރާ ދެމެދުގެ 21 ދަރިވަރުން ބައިވެރިވި އެވެ. އަދި މިދަތުރުގައި ފަސް އޮފިޝަލުންވެސް ބައިވެރިވި އެވެ.

ބަސީރުގެ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ބުނީ މި ދަތުރުގެ މަގްސަދަކީ ތަފާތު މާހައުލެއްގައި ޕްރެކްޓިސް ކޮށްލައި އެއް އުމުރުފުރާގެ ކުދިންނާ އެއްތަަނަކުން ބައްދަލުކޮށް ގުޅުން ބަދަހި ކުރުން ކަމަށެވެ.

މި ފުޓްބޯޅަ ކޭމްޕްގައި ނެއްލައިދޫ ސްކޫލުގެ ދަރިވަރުންނާއެކު ޕްރެކްޓިސްތައް ކުރާނެ އެވެ. އެރަށު ސްކޫލުގެ ދަރިވަރުންނަށްވެސް ސެޝަންތައް ކުރިއަށްގެންދާނެކަމަށް ބަސީރު އެކަޑަމީން މައުލޫމާތުދެ އެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީގެ ދަރިވަރުން މިއަދު ނެއްލައިދޫގަ

އެ އެކަޑަމީ ބުނީ މި ކޭމްޕަށް ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ކޭމްޕް ނިންމާލުމަށްފަހު މި ދަރިވަރުން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

 

 


ގުޅުން ހުރި ލިޔުންތައް