twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީޕީއެމް ހޮޅުއަށީގައި އަޑުގަދަކޮށް ރުޤްޔާ ޖަހާތީ ބައެއް ފަރާތްތަކަށް އުނދަގޫވަނީ !

Sep 8, 2018

ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް ހޮޅުއަށީގައި އަޑުގަދަކޮށް ރުޤްޔާ ޖަހާތީ ބައެއް ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވާކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ބަނޑާރަމަގުގެ މިތުރު ފިހާރައާ ދިމާލުގައި ހުންނަ ޕީޕީއެމް ހޮޅުއަށީގައި ރުޤްޔާ(ސިހުރު ބާތިލް) އަޑުގަދަކޮށް ޖަހާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ރުޤްޔާ ޖަހަނީ އެތަނުގައި ނަގާފައިހުންނަ ދެ ތާޅަފިއްޔަކުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހުވެސް ޖަމާވެ ދަތުރުކުރާ އެސަރަހައްދުގައި ހުންނަ ތަނެއްގައި ވަޒީފާ އަދާކުރާ އަންހެނަކު ބުނީ ރުޤްޔާ ޖަހަން ފެށިފަހުން އޭނާގެ ބޮލުގައި ރިއްސާކަމަށާއި އެއްވާމަކަށް އެހެން ރިއްސާފަ ހުންނަ ކަމަށެވެ. އެކަމުގެ ޝަކުވާ އޭނާގެ އެހެން ރައްޓެއްސެއްގެ ފަރާތުންވެސް ލިބިފައިވާކަމަށްވެ އެވެ.

އެތަނުގައި އަޑުގަދަކޮށް ރުޤްޔާ ޖާހާތީ ބައެއް މީހުންވަނީ ސޯޝަލް މީޑީއާގައިވެސް ކަންބޮވުންފާޅުކޮށްފަ އެވެ. އެކަމާ ކަންބޮޑުވެ ފޭސްބުކްގައި މީހަކު ލިޔެފައިވަނީ އެ ހޮޅުއަށީގައި އަޑުގަދަކުރާއިން އެޖަހަމުންދާ އެއްޗެއްގެ ސަބަބުން ސިހުރުގެ އަސަރުކޮށްފައި ތިބި ކުދިންނަށް ދަނީ ނަފްސާނީގޮތުން ބޮޑެތި އުނދަގޫތަކެއްވަމުން ކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ފަރާތެއް ބުނީ ޕީޕީއެމް ހޮޅުއައްޓެއްވިޔަސް އެތަނުގައި ރުޤްޔާ ޖަހަނީ އެފަރާތުން އަންގައިގެން ނޫން ކަމަށާއި އެތަނުގައި ތިބޭ މީހުންނަށް އަމިއްލައަށް ފެނިގެން ކަމަށެވެ. އެކަން ކުރުމަށް މާލެއަކުންވެސް އަދި ޕީޕީއެމްއަކުންވެސް އަންގާފައިނުވާނެކަމަށް އޭނާ ބުންޏެވެ.

މިކަމުގައި ޕީޕީއެމް ކަންކަމުގައި އިސްކޮށް އުޅޭ އެހެން މީހަކު ބުނީ އެތަނުގައި ރުޤްޔާ ޖަހަނީ އެމީހުންނަށް އަމިއްލައަށް ފެނިގެން ކަމަށާއި އެކަން ކުރަމުންދަނީ ސިހުރުގެ އަޑުތައް ގިނަވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި އެތަނުގައި އެކަން ކުރާތީ އިދިކޮޅު ފަރާތްތަކުން ނޫން އެހެން ބަޔަކު އެކަމުގައި ޝަކުވާކޮށްފައިނުވާކަމަށް އޭނާ ބުންޏެވެ.

ރުޤްޔާ ޖެހުމަކީ ރަށުގެ އަމާންކަމަށް އޮތް ނުރައްކަލެއްކަމަށްވަންޏާމުން އެކަމާ އުޅޭނީ ކަމާ ގުޅުން ހުރި މުވައްސަސާތަކުން ކަމަށް އޭނާ ބުންޏެވެ. އެފަދަ ފަރާތްތަކުން އެކަން ހުއްޓާލުމަށް އެދިއްޖެނަމަ އެކަން ނުކުރާނެކަމަށް އޭނާ ބުންޏެވެ.

އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ބުނެ ހަތަރު މީހަކު މިދިޔަ މަހު ވަނީ ކުޅުދުއްފުށިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ހުރިހާ އެންމެ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355