twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރިޔާސީ އިންތިހާބު: ކުޅުދުއްފުށީގައި 8 ވޯޓްފޮށި ބަހައްޓާނެ

Sep 16, 2018

ހދ އަތޮޅު މީހުން ދިރިއުޅޭ 13 ރަށުގެ އިތުރުން ރާއްޖެތޭރޭ މީހުން ވޯޓު ލުމަށް މާލޭގައި ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން 4 ފޮއްޓާއި އަދި ރީރަޖިސްޓަރ ކޮށްފައިވާ މީހުންނާއި އެކު ހދ އަތޮޅުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ ޖުމްލަ 16،266 މީހުންނެވެ.

އެގޮތުން ކުޅުދުއްފުށީގައި ރީރަޖިސްޓްރީ ކޮށްފައިވާ މީހުންނާއި އެކު ޖުމްލަ 5،682 މީހުން ކުޅުދުއްފުށިން ވޯޓުލާނެއެެވެ. ކުޅުދުއްފުށީގައި 8 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި ފޮށިތަށް ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ކެމްޕަހުގައި 1 ފޮށި، ޖަލާލުއްދީން ސްކޫލް 1 ފޮށި، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 2 ފޮށި، ނޮދާރން އޮފީސް ކޮމްޕްލެސްގައި 1 ފޮށި، އަމީރު އަމީން ސްކޫލްގައި 1 ފޮށި އަދި އަފީފުއްދީން ސްކޫލްގައި 2 ފޮއްޓެވެ.

B04.09.01: ގައުމީ ޔުނިވާރސިޓީ ކުޅުދުއްފުށި ކެމްޕަސް

މި ފޮއްޓަށް ވޯޓުލާ މީހުންގެ ޖުމްލަ އަދަދަކީ 638 މީހުންނެވެ. މި ފޮއްޓަށް ވޯޓުލާނީ ބަންޑާރަމަގާއި މަގާންމަގު ގުޅޭ ނުކުތާއިން ފެށިގެން މަގާންމަގުން އިރަށް އަމީނީމަގަށް، އަމީނީމަގުން އުރުތަށްގޮސް ކުދީނާހިނގުމާއި ގުޅޭ ނުގުތާއަށް، ކުދީނާ ހިނގުމުން ހުޅަނގަށްގޮސް އުދަރެސްމަގާ ގުޅޭ ސަރަހައްދަށް، އުދަރެސް މަގުން ހުޅަނގަށްގޮސް މީހުން ދިރިއުޅޭ ސަރަހައްދު ނިމޭ ހިސާބުގައިވާ ގޭގޭގެ ރަޖިސްޓަރީގައި ހިމެނޭ މީހުންނެވެ.

B04.09.02 ޖަލާލުއްދީން ސްކޫލް ހޯލު

މި ވޯޓުފޮއްޓަށް ވޯޓުލާ ޖުަމްލަ އަދަދަކީ 1098 މިހުންނެވެ. ި ފޮއްޓަށް ވޯޓުލާނީ އަމީނީމަގު އުތުރުކޮޅު ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ފެށިގެން ދެކުނަށް އައިސް އަމީނީމަގާއި ކުދީނާ ހިނގުމާއި ގުޅޭ ނުގުތައަށް، ކުދީނާ ހިނގުމުން ހުޅަނގަށްގޮސް އުދަރެސްމަގާ ގުޅޭ ސަރަހައްދަށް، އުދަރެސް މަގުން ހުޅަނގަށްގޮސް މީހުން ދިިރިއުޅޭ ސަރަހައްދު ނިމޭ ހިސާބުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. މި ފޮއްޓަށް ކުޅުދުއްފުށީގައި ދިިރިއުޅޭ އެހެން ރަށްރަށު މީހުންގެ ތެރެއިން 112 މީހުން ވޯޓުލާނެއެެވެ.

B04.09.03 ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގެ ހުޅަނގު ކޮޅު

މި ފޮއްޓަށް ވޯޓުލާމީހުންގެ ޖުމްލައަކީ 604 މީހުންނެވެ. މި ފޮއްޓަށް ވޯޓުލާނީ މަގާންމަހު އިރުމަތީކޮޅު ރަށުގެ މީހުން ދިިރިއުޅޭ ސަރަހައްދުން ފެށިގެން ހުޅަނގަށް އައިސް ފިނިހިޔާގޯޅި އާއި މަގާންމަގު ގުޅޭ ނުގުތާއަށް ފިނިހިޔާގޯޅިން އުތުރަށްގޮސް މިސްކިތްމަގާއި ގުޅޭ ސަރަހައްދަށް، މިސްކިތް މަގުން އިރަށްގޮސް ސޯފިޔާ ހިންގުމާއި ގުޅެ ސަރަހައްދަށް، ސޯފިޔާ ހިންމުމުން އުތުރަށްގޮސް ބޯޅަދަނޑުމަގާ ގުޅޭ ނުގުތާއަށް، ބޯޅަދަނޑުމަގުން އިރަށްގޮސް އޯކިޑްމަގަށް، އޯކިޑުމަގުން އުތުރަށްގޮސް ރަށުގެ މީހުން ދިިރިއުޅޭ ސަރަހައްދު ނިމޭ ހިސާބުގެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.04 ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގެ އިރުމަތީ ކޮޅު

މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވާ ޖުމްލަ މީހުންގެ އަަދަދަކީ 701 އެވެ. މި ފޮއްޓަށް ވޯޓުލާނީ އަމީނީމަގުން އުތުރުކޮޅު ރަށުގެ ރައްޔިތުން ދިިރިއުޅޭ ސަރަހައްދުން ފެށިގެން ދެކުނަށް އައިސް އަމީނީ މަގާއި މަގާންމަގު ގުޅޭ ނުގުތާއަށް، މަގާންމަހުން އިރަށްގޮސް މަގާންމަގާއި ފިނިހިޔާގޯޅިއާއި ގުޅޭ ނުގުތާއަށް، ފިނިހިޔާ ގޯޅިން އުތުރަށްގޮސް މިސްކިޔް މަގާއި ގުޅޭ ސަރަހައްދަށް، މިސްކިތްމަގުން އިރަށްގޮސް ސޯފިޔާ ހިންގުމާއި ގުޅޭ ސަރަހައްދަށް، ސޯފިޔާ ހިންގުމުން އުތުރަށްގޮސް ބޯޅަދަނޑުމަގާއި ގުޅޭ ނުގުތާއަށް، ބޯޅާދަނޑުމަގުން އިރަށް ގޮސް އޯކިޑްމަގަށް، އޯކިޑްމަގުން އުތުރަށްގޮސް ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދު ނިމޭ ހިސާބުގެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުން

B05.09.01 ނޮދަރން އޮފީސް ކޮމްޕްލެކްސްގެ ޖަލްސާ ކުރާ ހޯލު

މި ފޮއްޓަށް ވޯޓުލާ މީހުންގެ ޖުމްލަ އަދަދަކީ 1027 އެވެ. މި ފޮއްޓަށް ވޯޓުލާނީ ބަންޑާރަމަގާއި މަގާންމަގު ގުޅޭ ނުކުތާއިން ފެށިގެން މަގާންމަގުން އިރަށް އައިސް މަގާންމަގާއި އަމީނީމަގު ގުޅޭ ނުގުތާއަށް، އަމީނީ މަގުން ދެކުނަށް ގޮސް އަމީނީމަގު މީހުން ދިރިއުޅޭ ސަރަހައްދު ނިމޭ ހިސާބު ގޭގޭގަ ދިރިއުޅޭ މީހުންނެވެ. މި ފޮއްޓަށް ކުޅުދުއްފުށީގައި ދިރިއުޅޭ އެެހެން ރަށްރަށުގެ މީހުންގެ ތެރެއިން 19 މީހުން ވޯޓުލާނެއެެވެ.

B05.09.02 އަމީރު އަމީން ސްކޫލް

މި ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓްރީ ވެފައިވާ މީހުންގެ އަދަދަކީ 377 މީހުންނެވެ. މަގާންމަގު އިރުމަތީކޮޅު މީހުން ދިިރިއުޅޭ ސަަރަހައްދުން ފެށިގެން ހުޅަނގަށް އައިސް އަމީނީމަގާއި ގުޅޭ ނުގުތާއަށް، އަމިނީމަގުން ދެކުނަށްގޮސް އަމީނީމަގާއި މިކަގަސްމަގު ގުޅޭ ނުގުތާއަށް، މިކަގަސްމަގުން އިރަށްގޮސް މީހުން ދިރިއުޅޭ ސަރަހައްދުން ނިކަގަސްމަގު މިނޭ ހިސާބުގެ ގޭގޭގައި ރަޖިސްޓަރީވެފައިވާ މީހުންނެވެ.

B05.09.03 އަފީފުއްދީން ސްކޫލް ހޯލު

މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 578 އެވެ. މި ފޮއްޓަށް ވޯޓުލާނީ ނިކަގަސްމަގު އިރުމަތީކޮޅު މީހުން ދިރިއުޅޭ ސަރަހައްދުންފެށިގެން ހުޅަނގަށް އައިސް އަމީނީމަގާއި ގުޅޭ ނުގުތާއަށް އަމީނީމަގުން ދެކުނަށްގޮސް ގުލާބީހިންގުން ގުޅޭ ނުގުތާއަށް ގުލާބީހިނގުމުން އިރަށްގޮސް ގުލާބީހިނގުމާއި މުދިންކަލޭގެމަގާއި ގުޅޭ ސަރަހައްދަށް، މުދިންކަލޭގެ މަގުން އިރަށްގޮސް މީހުން ދިިރިއުޅޭ ސަރަހައްދު ނިމޭ ހިސާބުގެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

B05.09.04 އަފީފުއްދީން ސްކޫލް ހޯލު

މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ 659 މީހުންނެވެ. މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ އަމީނީމަގު ދެކޮޅުކޮޅު މީހުން ދިރިއުޅޭ ސަރަހައްދުން ފެށިގެން އުތުރަށް އައިސް އަމީނީމަގާއި ގުލާބީ ހިނގުމުން ގުޅޭ ނުގުތާއަށް، ގުލާބީ ހިނގުމުން އިރަށްގޮސް ގުލާބީހިނގުމާއި މުދިންކަލޭގެމަގާއި ގުޅޭ ސަރަހައްދަށް، މުދިންކަލޭގެމަގުން އިރަށްގޮސް މީހުން ދިރިއުޅޭ ސަރަހައްދު މިނޭ ހިސާބުގެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355