twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ 1000 މީޓަރު ސަރަހައްދެއްގައި ތާރު އަޅައިފި

Sep 9, 2018

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ 1000 މީޓަރު ސަރަހައްދެއްގައި ތާރުއަޅައިފި އެވެ. މި މަހުގެ ތެރޭގައި އެއާޕޯޓް ރަންވޭގެ މަސައްކަތް ނިންމާ ޓެސްޓް ފްލައިޓް ޖެއްސޭވަރު ކުރާނެކަމަށް މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެ އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓަށް އަރާ ގޯތިތައް ތަޅާލުމުގެ ހުއްދަ މިއަދު ލިބޭނެކަމަށް ބެލެވޭކަމަށާއި ހުއްދަ ލިބުމާއެކު ގޯތިތައް ތަޅާލާ އެސަރަހައްދު އެއްވަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު އޭޕްރަންގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރިނަމަވެސް 650 މީޓަރު ދިގު އަދި 5 މީޓަރު ފުޅާ ސަރަހައްދެއްގައި ތާރުއެޅުމުގެ ގާބިލުކަން އެމްޓީސީސީގައި އެބަހުރި ކަމަށެވެ. ހުރިހާކަމެއް ރޭވިފައިވާގޮތަށް ކުރިއަށްދާ ނަމަ ހަފްތާއެއް ތެރޭގައި ރަންވޭގައި ތާރުއަޅާ ނިންމާލެވޭނެ ކަމަށެވެ.

ވީޑިއޯ: އިރުޝާދު

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަންއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ގުނަ އަވަސްކޮށް، އެމްޓީސީސީގެ މުޅި ފޯކަސް ކުޅުދުއްފުށީ އެއާޕޯޓަށް !

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މިމަހުގެ 23 ގެ ކުރިން ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355