twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވޯޓްލާ މަރުކަޒުގެ އޮފިޝަލުން އަމަލުކުރަން ޖެހޭނީ ވަކި މީހެއް އަންގާގޮތަކަށް ނޫން، ގާނޫނުގައިވާ ގޮތަށް: އަކްރަމް

Sep 10, 2018

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްގެ ކަންތައްތައް ކުރިއަށްގެންދާ ވަކި މީހަކު އަންގާގޮތަކަށް ނޫން ކަމަށާއި ވޯޓްގެ ކަންތައްތައް ކުރިއަށްގެންދާނީ ގާނޫނޫގައިވާގޮތުމަތިންކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ވޯޓްފޮށިތަކުގެ ކައިރީގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އަކުރަމް ވިދާޅުވީ ވޯޓްފޮށިތަކުގެ ކައިރީގައިވާ ހަރަކާތްތެރިވާ އޮފިޝަލުންގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނީ އިންސާފުވެރިކަމާއި އަމާނާތްތެރިކަމާއެކު ގާނޫނުގައިވާ ގޮތަށް ރައްޔިތުންނަށް ފުރިހަމަ އިންތިހާބެއް ފޯރުކޮށްދިނުމަށްޓަކާ ކަމަށެވެ.

އިންތިހާބު އަމާންކަމާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީގައި ހުރި މުވައްސަސާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.

އިންސާފުވެރިކަމާއި އަމާންތެރިކަމާއެކު ގާނޫނުގައިވާ ގޮތަށް ރައްޔިތުންނަށް އިންތިހާބެއް ފޯރުކޮށްދިނުމަށްޓަކާ ކުރަން ޖެހޭ ކުރިހާކަމެއް ކުރިއަށްގެންދިއުމަށް ވޯޓްފޮށިތައް ކައިރީގައި ހަރަކާތްތެރިވާ އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ ފަރާތުން އޭނާ އެދިވަޑައިގެންނެވި އެވެ. އަކުރަމް ވިދާޅުވީ އޮފިޝަލް ކަންތައްތައް ކުރިއަށްގެންދާނީ ވަކި މީހެއް އަންގައި ގޮތަށް ނޫން ކަމަށާއި އިންތިހާބުގެ ކަންތައްތައް ކުރިއަށްގެންދަން ޖެހޭނީ ގާނޫނޫގައިވާ ގޮތަށް ކަމަށެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލް ސިޔާސީ އެއްވެސް ހަރަކާތްތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ވިޔަސް ނޫން ނަމަ އެހެން ސިޔާސީ ހަރަކާތްތެއްގައި ބައިވެރިވެއްޖެނަމަ އިގްރާރުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އަކްރަމް ވިދާޅުވި އެވެ.

ވޯޓްފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ވެރިންނަށް އިލެކްޝަންގެ ގާނޫނުތަކާއި ގަވައިދުތަކުގެ މަތިން ހުރިހާކަމެއްވެސް ގެންދިޔާމަ ހުންނާނީ ރަނގަޅަށްކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުގެ ފަރާތުން ކުޅުދުއްފުށީގެ ވޯޓްފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލް ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ވޯޓްފޮށީގެ ވެރިޔާގެ ޒިންމާތައް ހަނދާކޮށްދެއްވަމުން އަކްރަމް ވިދާޅުވީ ވޯޓްލާ މަރުކަޒުގެ ވެރިޔާ ވާން ޖެހޭނީ އެފޮއްޓެއް ކައިރީގައި ހިނގައި ހުރިހާ މައްސަލަތައް ހައްލުކުރެވޭނެ ފަރާތްތަކަށް ކަމަށެވެ. އަމާންކަން ބެލެހެއްޓުމުގެ ކަންތައްތައް ފުލުހުން ކުރިއަށްގެންދަވާއިރު ވޯޓްލާ މަރުކަޒުގެ ތެރެއަށް ފުލުހުން ވަންނާނީ ހަމައެކަނި އެމަރުކަޒެއްގެ ވެރިޔާ އެންގުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިންތިހާބުކުރިއަށްދާއިރު ވަކިގޮތަކަށް ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަން ނާންގާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355