twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފި

Sep 10, 2018

މިއަހަރުގެ ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު ފަރާތަކަށް ދީފި އެވެ.

ޒަކާތު ފަންޑު ސްކޮލަރޝިޕް ލިބުނު 31 ފަރާތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައި 5 ދާއިރާއަކުން ސްކޮލަރޝިޕް ދީފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ދީނީ ރޮނގުން ތާއުލީމަށް ކިޔެވުމުގެ 14 ސްކޮލަރޝިޕާއި، ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން 3 ސްކޮލަރޝިޕާއި، އިންޖިނިއަރިންގގެ ދާއިރާއިން 2 ސްކޮލަރޝިޕާއި، ޤާނޫނީ ރޮނގުން 1 ސްކޮލަރޝިޕް އަދި ސިއްހީ ދާއިރާއިން 11 ސްކޮލަރޝިޕެވެ.

ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ދީފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް އިންޓަރންޝިޕާއި އެމްބީބީއެސްއަށް ކިޔެވުމަށް ދީފައިވާ ސްކޮލަރޝިޕްތަކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ ލިޔުން ހަވާލުކޮށްދެއްވީ ފިނެނޭންސް މިނިސްޓަރ އަހްމަދު މުނައްވަރާއި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދާއި ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާއެވެ.

ޒަކާތު ފަނޑުގެ އެހީގައި 31 މީހަކަށް ސްކޮލަރޝިޕް ދީފައިވާއިރު ޒަކާތު ފަނޑުގެ ދަށުން 73 ސްކޮލަރޝިޕްގެ ފުރުސަތު އިސްލާމިކް މިނިސްޓްރީންވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 87 މީހުން ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ޝޯޓް ލިސްޓްކޮށްފައިވަނީ 53 މީހުންކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ޒަކާތު ފަންޑުގެ އެހީގައި މަތީ ތައުލީމު ހާސިލްކުރުމަށްދާ ކުދިންނަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަންޑުގެ އެހީއަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355