twitterviber whatsapp telegramfacebookyoutube instagram
19th April 2026

ހެލްތް ސެންޓަރުތަކުގައި އެކްސްރޭ އާއި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް، ޑޮކްޓަރުންގެ އިންތިޒާމު ހަމަޖެހޭނެ: އިބޫ

Sep 11, 2018

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއްގައި އެކްސްރޭ ނެގޭނެގޮތް ހަދައި ލެބޯޓްރީ ގާއިމްކޮށް، ޑޮކްޓަރުން ތިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެ އެވެ.

ނ.ވެލިދޫގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސިއްހީ މަރުކަޒުތަކުގައި އެކްސްރޭ އާއި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފެންވަރު ރަނގަޅު ހަތަރު ހޮސްޕިޓަލު ގާއިމުކޮށް އެހޮސްޕިޓަލުތަކުން ގިނަ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެހޮސްޕިޓަލުންތަކުން ޒަމާނީ ވަސީލަތްތަކާއެކު އެކި ދާއިރާތަކަށް ހާއްސަ ސްޕެޝަލިސްޓުން ތިއްބަވާނެކަމަށް އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅު ހޮސްޕިޓަލުތަކާއި ޓާޝަރީ ހޮސްޕިޓަލުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355