twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހެލްތް ވޯކަރުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރާނަން: އިބޫ

Sep 11, 2018

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ ސިއްހީ ހިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް(އިބޫ) ވިދާޅުވެއްޖެ އެވެ.

ނ ވެލިދޫގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަން ކުރާތަނެއް މިއަދަކު ނުފެންނަށް ކަމަށާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަވަނީ ކުޑަކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި އެކި ދާއިރާތަކުގެ ސިއްހީ ހިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް، މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ.

ހެލްތް ވޯކަރުންނަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް. އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިވިލްސާވަންޓްގެ މުސާރަ ބޮޑުކުރެވޭއިރު ހެލްތް ވޯކަރުންނާއި ނަރުހުންގެ މުސާރަވެސް” ބޮޑުކުރެވިގެންދާނެ.” އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއްދޭނެ އެއްކަމަކަށް ވެގެންދާނީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިބުމަށްޓަކާ ބޮއްސުންލާފައިވާ ދައުލަތުގެ ސިއްހީ ނިޒާމަށް ކޮންމެހެން ގެންނަށް ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ. އިބޫ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު މިއަދު މިއޮތީ ފަރުވާއަށް ބޭނުންވެފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ އާސަންދައި ތައާރަފްކުރެވުނީ ޒަމާނުންސުރެއް މިގައުމުގައި އޮތް ބޭސްކުރުމަށް ސަލާމް ޖެހުމުގެ މަޖުބޫރީ ހާލަތު ބަދަލުކުރުމަށް ކަމަށާއި އެހެންނަމަވެސް އާސަންދަ ތައާރަފުކުރި މަގްސަދު ހާސިލުނުވެ އަދި ސިއްހީ އެކި ބޭނުންތަކަށް، ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަންޑުފޮށި ހުޅުވަން މިއަދު ވަނީ ޖެހިފަކަމަށެވެ.

އިބޫ ވިދާޅުވީ އާސަންދަގެ ހިދުމަތްތަކީ ވަކި ޕާޓިއަކަށްވުމުން ލިބެން އޮންނަން ޖެހޭ ހިދުމަތެއް ނޫން ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އުއްފަދާ ސަރުކާރެއްގައި ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި އާސަންދައިގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކުގައި ދިގު މުއްދަތަށް ދިރިއުޅޭ ރައްޔިތުންނަށްވެސް އާސަންދައިގެ ހިދުމަތް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355