ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ގދ.ތިނަދޫއަށް ވަޑައިގެންފި އެވެ. މިދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީން މި ދަތުރުފުޅުގައި، ތިނަދޫގައި ނިމުން ފާހަގަ ކުރައްވަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއާއި، އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫއުއާއި، އާބާދީ މައިޒާން ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
އަދި އެރަށުގެ ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުއާއި، 120 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުން ބަރާސިލް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ
ރައީސް ޔާމިން ތިނަދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.