twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެންޓަލް ހެލްތް ސެންޓަރެއް އުފައްދާ، ސިއްހީ ދާއިރާއަށް އިބޫގެ ބޮޑެތި ވައުދުތަކެއް !

Sep 11, 2018

އިއްތިހާދުގެ ވެރިކަމެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މެންޓަލް ހެލްތް ސެންޓަރެއް އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކުރާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭން ޖެހޭ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި އެއީ ސަމާލުކަން ދޭނެ ޖެހިފައިވާކަމެއްކަމަށް ވިދާޅުވަމުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ނެޝަނަލް މެންޓަލް ހެލްތް ސެންޓަރެއް އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހަމަޖެހިގެންދާނެކަމަށެވެ.

ހަރުދަނާ ޕެރަމެޑިކް ނިޒާމެއް ގާއިމްކުރާނަން:

ނ މަނަދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާލެ ފިޔަވާ އެހެން ސަރަހައްދުތަކުގައި އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެން ނެތްކަން ކަމަށެވެ. އަދި ފުރާނައަށް ނުރައްކާވާ ހިސާބަށްދާއިރުވެސް އެމެޖެންސީގައި ފަރުވާދެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި އެކަން ހައްލުކުރުމަށް ނެޝަނަލް އެމްބިއުލާސްގެ ނިޒާމު ގާއިމުކޮށް، އެއް މުއައްސަސާއަކުން ބެލޭނެގޮތް ހަދައި ކަނޑާއި ވައިގެ އަދި އެއްގަމު މަގުން އަވަސް ޕެރަމެޑިކް ހިދުމަތްދެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އިބޫ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކަމެއް:

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭން ހިދުމަތަކީވެސް ހަރުދަނާކުރަން ޖެހިފައިވާ ހިދުމަތެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެފަދަ ކުދިންނަށް ޅަފަތުގައި އަޅާލުން ލިބޭނެގޮތަށް ސިއްހީ ނިޒާމުގެ ތެރެއިން ފަސޭހައިން ހިދުމަތް ލިބޭނެ އުސޫލެއް ގާއިމުކޮށްދެއްވާނެކަމަށެވެ. އިބޫ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ޒަމާނީ ބޭސްފަރުވާ އާއި އެހެނިހެން އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖެހިގެންދާނެގޮތް ހައްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތެލެސީމީއާ ކުދިންނަށް ފަސޭހަ ގޮތްތަކެއް:

އިބޫ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތެލެސީމީއާ ކުދިންނަށް ބޭހާއި ލޭ އެޅޭނެގޮތް އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގައި ގާއިމްކޮށް ލިބިގެންދާނެ ކަމަށެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާންމު ފެންވަރުގެ ހިދުމަތްވަނީ އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށް އިބޫ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތްތެރިންނާއި ފަރުވާ ހޯދާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަމެއް:

ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި ފަރުވާ ހޯދައި ފަރާތްތަކަށް ހިމާޔަތް ލިބޭނެ ގާނޫނީ ނިޒާމެއް އެކަށައަޅާ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވިގެންދާނެކަމަށާއި ސިއްހީ ދާއިރާގައިވާ އިހުމާލުތައް ބެލެނޭ އިންތިޒާމުވެސް ގާނޫނުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ މެޑިކަލް ކައުންސިލްތަކުގެ ދާއިރާ ފުޅާކުރެވިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355