twitterviber whatsapp telegramfacebookyoutube instagram
4th June 2025

މެންބަރުންގެ ގޮނޑި ގެއްލުވައިލެއްވިކަމަށް ރައީސް އިއުތިރާފްވެވަޑައިގެންފި

Sep 11, 2018

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެ މަނިކުފާނު ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފި އެވެ.

ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވީ ީ، ޕީޕީއެމްގެ އެދުމަކަށް، އެ 13 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އަދި އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އަދިވެސް އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމް ދޫކޮށް އެ މެމްބަރުން ވަޑައިގަތީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތް ކުރެއްވުމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނީ، އެ މެމްބަރަކު ޕާޓީން ވަކިވީ ޖުލައި 13، 2017ގެ ފަހުން ކަމަށްވާ ނަމަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކަނޑައެޅި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ އެ ތާރީޚުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ މެމްބަރުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެ ދާއިރާގެ ދެ މެމްބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހްމަދު ޕީޕީއެމްގައި ތިއްބެވުމަށް ފަހު، އަމިއްލަ އަށް ހުށަހަޅުއްވައިގެން އެ ޕާޓީން ވަކިވެވަޑައިގަތް ދެބޭފުޅުނެނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމާއި ރައްޔިތުންނަށް ސައުދުﷲ ދެއްވި ގެއްލުން ތިނަދޫ ރައްޔިތުންނަށް ވެސް އެނގެ އެވެ. އެ މައްސަލައިގައި ތިނަދޫ ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެ ދެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ޕީޕީއެމަށް ގެއްލުންދީ ނިކަމެތިކުރީ އެ މެމްބަރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355