twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާ ނިންމާ ހުޅުވަން ތައްޔާރުވެއްޖެ

Sep 12, 2018

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތް ނިންމި، ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ މި ކާރުހާނާގެ އިމާރާތްކޮށްފައިވަނީ އެމްޑަބުލިއުއެސްސީގެ އޮފީސް އިމާރާތް ކައިރީގައި އެވެ. މި އިމާރާތުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ.

އައިލެންޑް ބެވަރެޖަސްގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރި ބޮޓަލިންގ ޕްލާންޓްގެ އިމާރާތްގެ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބައެއް މެޝިނަރީސްތަކުގެ ސެޓަޕްގެ މަސައްކަތްތައް ކަމަށެވެ.

އެތަނަން ބޭނުންވާ މުވައްޒަފުން ނަގައި އެމީހުން މިހާރު ވަޒީފާއަށްދަނީ ނިކުންނަމުންނެވެ. އޮފިޝަލް ވިދާޅުވީ އެތަން ހުޅުވާނެ ސީދާ ތާރީހެއް ހާމަކޮށްފައިނުވި ނަމަވެސް ވަރަށް އަވަހަށް ހުޅުވައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. މެޝިނަރީސްތަކުގެ ސެޓަޕް ހެދުމުގެ ކަންތައްތައް ކުރިއަށްގެންދަނީ ދާއިރާގެ ތަޖުރިބާކާރުން ލައްވާ އެވެ.

ފުޅީގައި ފެން ބަންދުކުރުމުގެ މި ކާރުހާނާގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އަހަރު ނޮވެމްބަރުމަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އިބުރާހިމް ފަޒުލް ވިދާޅުވެފައިވަނީ މި ބޮޓަލިން ކާރުހާނާ އަންނަ އަހަރުގެ ދެވަނަ ކުއާޓާރގައި ނިންމާ ހިދުމަތް ލިބިގެންދާއިރު ފުރަތަމަ ފިޔަވަހީގެ ތެރެއިން މިތަނުން 330 އެމްއެލް، 500 އެމްއެލް، 1.5 އެމްއެލްގެ ފެން ފުޅީގައި ބަންދުކުރެވިގެންދާނެ އެވެ. މިކާރުހާނާއިން ގަޑިއިރަކު 10،000 ފެންފުޅި އުއްފެދުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް ފަޒުލް ވިދާޅުވެފައިވެ އެވެ.

އައިބީއެމްގެ ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މިތަނުގެ ނަތީޖާއާ ބަލާފައި ފަސް ލީޓަރުގެ ފެންފުޅި ބަންދުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެ އެވެ. އެނިޒާމުގެ ދަށުން ގަޑިއިރަކަށް 20000 ފެންފުޅި އުފައްދާނެ އެވެ.

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރުމުގެ ކާރުހާނާގެ އަމަލީ މަސައްކަތް ފަށައިފި

ފަޒުލް ވިދާޅުވެފައިވަނީ މިކާރުހާނާގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއި އަގުހެޔޮކޮށް ފުޅީގައި ބަންދުކުރި ފެން ލިބިގެންދާނެ ކަމަށާއި މި މަޝްރޫއުއަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން ހިންގާވާ މަޝްރޫއުއެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355