twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

Apr 9, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަމީރު އަމީން ޕްރީ ސްކޫލުގެ ޕީޓީއޭ އާއި އެސްކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިން ގުޅިގެން ކާބޯތަކެތީގެ މައުރަޒެއް އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހަވީރު އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި ކުރިއަށް ދިޔަ ކާބޯތަކެތީގެ މައުރަޒުގައި ކޮންމެ ސްޓޯލެއް ހުޅުވާފައިވަނީ ވަކިވަކީންނެވެ.

އެގޮތުން ސްޓޯލްތައް ހުޅުވައިދެއްވީ ރަށު ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދާއި އަތޮޅު ކައުންސިލް މެމްބަރު އަލީ މުހައްމަދާއި މިތުރު ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޒުހައިރުގެ އިތުރުން އާޕޮއިންޓްގެ ވެރިޔާ އަހްމަދު ސައުދާއި ރިއަލް ޕޮއިންޓްގެ ވެރިޔާ މޫސާ މުހައްމަދެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ އެޑްމިނިސްޓްރޭޓަރ އައިޝަތު މުހައްމަދު ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މައުރަޒަކީ އެސްކޫލުގެ ޕީޓީއޭ އާއި ބެލެނިވެރިން އަދި ސްކޫލުގެ މެނޭޖްމަންޓްގުޅިގެން ކުރިއަށްގެންދިޔަ މައުރަޒެއް ކަމަށާއި މައުރަޒުން ލިބޭ ފައިސާ ކުދިންގެ ކިޔެވުމުގެ އެންމެހާ ކަންތައްތަކަށް ހަރަދުކުރެވޭނެ ކަމަށެވެ.

އަދި އެސްކޫލުގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ކުލާހެއްގައި މަލްޓި މީޑިއާ ބަހައްޓައިގެން ކުދިންގެ ލެންގުއޭޖް ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށާއި މައުރަޒުން ލިބޭ ފައިސާ އެކަމަށް ހަރަދު ކުރެވޭނެކަމަށެވެ.

އަމީރު އަމީން ސްކޫލުގެ ކާބޯތަކެތީގެ މައުރަޒު ކުރިއަށްދިޔައީ ގުރޫޕްތަކަކަށް ބަހާލައިގެންނެވެ. އެގުރޫޕްތަކުގެ ނަންތަކަކީ ފޭރު، ކާމަރަނގަ، ކުރުބާ، މަލާފަތް، ސުފުރާ އެވެ. އެއްޔެ ބޭއްވި އެމައުރަޒަށް 35،480.50 ރުފިޔާ ލިބިފައިވާކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355