ފެނަކަ އޮފީހުން ގެވަޅު ފޯމު ދުކުރާތީ ފާޑުކިޔުން އަމާޒުވުން ކުޅުދުއްފުށީގައި ހުންނަ ޕަބުލިކް ވޯކްސްއިން ފޯމު ދޫކުރާ ގޮތަށް ހަމަޖައްސާ، ހައުންސިންގ މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަރަށް ހަވީރުވި ފަހުން ހައުންސިންގ މިނިސްޓްރީން އިއުލާންކޮށްފައިވަނީ ކުޅުދުއްފުށިން 80 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާކަމަށާއި އެކަމާ ބެހޭ ފޯމް ފެނަކަ އޮފީހުން ލިބެންހުންނާނެ ކަމަށެވެ.
ކައުންސިލުގެ ހިއްސާ ނެތި ފެނަކަ އޮފީހުން ފޯމު ދޫކުރާތީ ގިނަ ރައްޔިތުންތަކެއް ވަނީ ސޯޝަލް މީޑިއާގައި މިނިސްޓްރީއަށް ފާޑުކިޔާާފަ އެވެ. އަދި އެކަމުގެ ހުރި ކަންބޮޑުވުންތައްވެސް ބައެއް ފަރާތްތަކުން ވަނީ މީޑިއާއަށްވެސް ހިއްސާކޮށްފައިވަނިކޮށް ކުއްލިގޮތަކަށް އެއިއުލާން ގެޒެޓުން ނަގައި ރޭ ވަނީ އަލުން އެހެން އިއުލާނެއްކޮށްފަ އެވެ.
ގޯތި ދޫކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން، އެއީ ރައްޔިތުން ހެއްލުމަށް ޖެހި މަޅިއެއް: ލަތީފް
އެއިއުލާނުގައިވާގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ އިތުރުން ކުޅުދުއްފުށީ ޕަބުލިކް ވޯކްސްއިންވެސް ލިބެން ހުންނާނެ އެވެ. ކުޅުދުއްފުށިން 80 ގޯތި ދޫކުރަން ނިންމާފައިވަނީ ހިއްކި ސަރަހައްދުންނާއި ރަށުގެ އެކި ސަރަހައްދުން ކަމަށެވެ. މިރަށުން ދޫކުރުމަށް ނިންމާފައިވަނީ 1600 އަކަފޫޓްގެ ގޯތިތަކެއްކަމަށް ހައުންސިންގގެ އެއިއުލާންގައިވެ އެވެ.