twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބުރިޖުން ސަހަރޯ އޭ ހީވިއިރު އަތޮޅު ތެރޭ ސިއްހީ ނިޒާމު އޮތް ހާލަތު މަނިކުފާނަށް އެނގިވަޑައިގަންނަވާތޯ !

Sep 16, 2018

ސިނަމާލެ ބްރިޖުގައި ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު ރައީސް ޔާމީން އެބުރިޖް ސިފަކުރެއްވީ ސަހަރޯ ހީވެއްޖެ ކަމަށް ބުނެއެވެ. އެއީ ބުރިޖްގެ ފުރިހަމަކަމުންނެވެ. ބުރިޖް ފެނި އެމަނިކުފާނަށް ސަހަރޯ ހީވާއިރު އަތޮޅުތެރޭ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލުތަކަށް ގޮސްވެސް ހަމަ ބުނެވެނީ ސަހަރޯ ހީވެއެވެ.

އެއްބަހެއް އެކަމަކު ދެ މާނައެކެވެ. ގްރޭޓާ މާލޭގައި ދިިރިއުޅޭ ރައްޔިތުންނަށް ސަހަރޯ ހީވަނީ ތަރައްގީގެ ބްރިޖު މަތިންނެވެ. އެހެންނަމަވެސް ނިކަމެތި އަތޮޅުތެރޭގެ ރައްޔިތުންނަށް ސަހަރޯ ހީވާން މިޖެހެނީ ގްރޭޓާ މާލޭގެ ތަރައްގީގެ ތެރެއަށް ސިއްހީ ފަރުވާ ހޯދަން އަންނަ ޖެހުމުންނެވެ. ރަށުން ނުވަތަ އަތޮޅުވިޔަސް ނޫނަމަ ސަރަހައްދީ ހޮސްޕީޓަލުންތަކުވެސް އެކަށީގެންވާ ހިދުމަތް ނުލިބޭތީހީވާ ސަހަރޯ އެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ހިދުމަތް ރަނގަޅު ވެެގެން ގޮސްފައިވާ މިންވަރަކީ އަރިދަފުސް އަޅައިގެން ކިބިއްސެއް އެޅުނަސް އަތޮޅުތެރޭ ތިބޭ ޑޮކްޓަރުން މި ބުނަނީ މާލެ ދިއުމަށެވެ. އަތޮޅުތެރޭ ރައްޔިތުންނަށް މި “ސަހަރޯ” ބޮޑު ތަކުލީފަކަށް ވެފައިމިވަނީ މިހެން ވެއެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އައްސިކުރަން ޖަހާ އިންޖިކްޝަން ގަނޑެއްވެސް ނެތިގެން ފޮނުވާލަން ޖެހެނީ ސަރަހައްދީ ހޮސްޕިޓަލަކަށެވެ ރަނގަޅު ޑޮކްޓަރަކު އިނިއްޔާ ރަށުން ބޭސް ލިބޭކަށް ނުހުރެއެވެ. ބޭސް ސިޓީއަށް ބޭސް ހަމަކުރަން ކޮންމެ ރަށެއްގައި ގާއިމްކޮށްފައި މި ހުރި އެސްޓީއޯގެ ބޭސް ފިހާރައަށް ދިއުމަށް ވުރެ އަމިއްލަ ފަރާތްތަކުން ހިންގާ ތަނަކަށްގޮސް ބޭސް ހަމަކޮށްލުން މާ ހިތަށް ފަސޭހައެެވެ.

ނިމިގެންމިދާ ރައީސް ޔާމިންގެ ވެރިކަމުގެ 5 އަހަރު ނިމެންވާއިރަށް ރާއްޖޭގެ އުތުރު އަދި ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އުތުރުން ކުޅުދުއްފުށީގައި އަދި ދެކުނުން އައްޑޫގައި އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި މި ހޮސްޕިޓަލުގައި ނަމެއް ނިޝާނެއްވެސް ފެންނަށް ނެތޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެ ކަންނޭނގެއެެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުރި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަަލަށް ހެދުމުގެ ހުވަފެނުގައި ކުލަ ޖެހިލާފަވެސް ދިޔައީއެވެ. ތުންތުން މަތިން އިވޭ ވާހަކަަތަކުން ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ކުރުމުގެ ޕްރޮޖެކްޓު ފެއިލް ކޮށްލީ ހެލްތް މިނިސްޓްރީން ތެރެއިންނޭވެސް ކިއުނެވެ. ނަމަވެސް މިހާރު އަނެއްކާ އެ ހޮސްޕިޓަލުގެ ހިދުމަތް މިނިސްޓްރީ ދެމުންގެންދާއިރު ހޮސްޕިޓަލާއި ދޭތެރޭ ކުރިއަށް އޮތް ތަނުގައި ރޭވިފައި ނުވަތަ ރައީސް ޔާމިން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ހޮސްޕިޓަލާއި ދޭތެރޭ އޮތް ޕްލޭނެއްވެސް ރައީސް ވިދާޅުވެފައެއްވެސް ނުވެއެވެ.

ކޮންމެ ފަހަރަކުވެސް ވިދާޅުވަނީ ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެ ވާހަކަ އެވެ. އެހެންނަމަވެސް އެކަމަށް އޮތް ޕްލޭނެއް އެ މަސައްކަތް ކުރިއަށް ދާނެގޮތް ރައްޔިތުންނާއި ހިއްސާ ނުކުރާކަމީ އެމަނިކުފާނުގެ ވައުދު ފުއްދާ ދެވިދާނެ ކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ.

ބްރިޖުގެ މަސައްކަތަށް އެތައް ހަރަދެއް ހޭދަވެގެން ދިޔައިރު ހަމަ އެފަދައިން އަތޮޅުތެރޭގެ ސިއްހީ ނިޒާމު ރަނގަޅު ކުުރުމަށް ހޭދަނުކުރެވެންވީ ކީއްވެހެއްޔެވެ. ރާއްޖެތޭރޭގެ ރައްޔިތުންވެސް ހަވާ އަރުވާ އެކަންކަން ފާހަގަ ކުރަން ބޭނުން ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355