twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުޅުދުއްފުށީގައި ސައިކަލު ބުރެއް ބާއްވަނީ

Sep 16, 2018

ސާފް ސުޒުކީ ކަޕުގައި ރާއްޖޭ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ސައިކަލް ބުރެ ބާއްވަން ހަމަޖެހިއްޖެ އެވެ.

ސާފް ސުޒުކީ ކަފުގައި އިންޑިޔާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ރާއްޖެއިން ވަނީ ހޯދައިފި އެވެ.

ސައިކަލު ބުރު ޖެހުމުގެ ކަންތައްތަކުގައި އިސްކޮށް އުޅޭ ފަރާތެއް ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ސައިކަލު ބުރަކީ ގައުމީ ޓީމް ހޯދި ފަޙުރުވެރި ކާމިޔާބީ ފާހަގަކޮށް ހިތްވަރުދީ، ގައުމީ ޓީމާއެކު ކުޅުދުއްފުށީ ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ބާއްވާ ސައިކަލް ބުރެއްކަމަށެވެ.

ސައިކަލު ބުރު ފެށޭނީ މިއަދު ހަވީރު 4:00 ޖަހާއިރު ސްޓޭޑިއަމް ކައިރިން ކަމަށެވެ.

ސައިކަލު ބުރުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށާއި މިހަރަކާތުގައި ކުޑަކުދިން ވީހާވެސް ގިނައިން ބައިވެރިކުރުމަށް އެފަރާތުން ބުނެ އެވެ. އަދި ސައިކަލު ބުރަށްދާއިރު ރަތް ކުލަ އެއްޗެހި ވީހާވެސް ގިނައިން ބޭނުންކުރުމަށާއި އަދި ގައުމީ ދިދަވެސް ބޭނުން ކުރުމަށް އެދެ އެވެ.

އެއްވެސް ފަރާތްތަކުން ސިޔާސީ އެއްވެސް ކަމެއް ރަމްޒުކޮށްދޭ އެއްޗެއް މިސައިކަލު ބުރުގައި ބޭނުން ނުކުރުމަށް އެކަން އިންތިޒާމްކުރާ ފަރާތުން އެދެ އެވެ.

މި ސައިކަލު ބުރުގައި ސައިކަލުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ހަތަރު ފުރޮޅުލީ ވެހިކަލުވެސް ބޭނުންކުރެވޭނެ އެވެ. އޭނާ ބުނީ މި ސައިކަލު ބުރަށް ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކުންނާއި ކައުންސިލްގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355