twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގޯތި ދޫކުރަން ނިންމީ، ގޮތް ހުސްވެ އިންތިހާބުން ބަލިވާނެކަން ޔަގީންވުމުން: ލަތީފް

Sep 16, 2018

ކުޅުދުއްފުށިން ގޯތިދޫކުރަން ނިންމީ ގޮތް ހުސްވެ އިންތިހާބުން ބަލިވާނެކަން ޔަގީންވުމުންކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުޅުދުއްފުށީ ޖޭޕީ ޖަގަހަ ކައިރީގައި މިއަދު ހަވީރު ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށިން 80 ގޯތި ދޫކުރަން ނިންމި، ނިންމުމަކީ ރައީސް ޔާމީން ބަލިވެއްޖެކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްވެސް ޕްރޮގުރާމެއް ހިންގާފައިނުވާ ކަމަށެވެ. އަދި ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން އުޅޭނީ އިންތިހާބު ބޯމަތިވުމުން ނޫންކަމަށާއޮ އެކަންކަމަކީ ކުރިއަށް ރޭވި މެނިފެސްޓޯތަކުގައި ލިޔެވިގެން ހިންގާ މަޝްރޫއުތައް ކަމަށެވެ.

ކުޅުދުއްފުށީގެ ޒުވާނުންނަށް ބޯހިޔާވަހިކަން ދޭން ކައުންސިލުން ބޭނުންވާ ކަމަށާއި ގެވަޅާއި ފުލެޓް ދޭންވެސް ބޭނުންވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އެގޮތުން ކުރީގެ ކައުންސިލުން ގެވަޅު ދިނުމަށް އެދިފައިވާކަމަށާއި އެކަމަށް އެއްވެސް އިޖާބައެއް ނުދީ ކުއްލިއަކަށް އިންތިހާބާ ދިމާކޮށް ގޯތިދޫކުރަން އުޅުމީ ބަލާގަނެވޭނެކަމެއް ނޫންކަމަށަ އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އަވަސް އަރުވާލާފައި މިހާރު އަޅަން މަސައްކަތް ކުރާ އެއާޕޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ކަމަށާއި ނަމަވެސް ސަރުކާރުން މިރަށުގައި އެއާޕޯޓެއް ހަދަނީ ރައްޔިތުންތަކަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއްދީފަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރައްޔިތުން މަގުމަތިކުރެވި އެއާޕޯޓް އެޅިގެންދާކަމީ އެއާޕޯޓަކުން ލިބޭ ފައިދާއަށްވުރެ އެކަމުން ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި އެއީ އެބޭފުޅާ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އެ 18 ގޯތީގެ ރައްޔިތުންގެ ހައްގުގައި މިރަށުގެ އެއްވެސް ރައްޔިތަކުން ރައީސް ޔާމީނަށް ވޯޓްދީގެން ނުވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ހައްގު ބަދަލު އެ ރައްޔިތުންނަށް ނުލިބި އެއާޕޯޓް އެޅިގެންދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައިވެސް ލަތީފް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅު ނުވާތީވެސް ކަންބޮޑުވެ އަޑުއުފުލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355