twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަމް ނަރުދަމާގެ ހިދުމަތް ރައީސް އިފްތިތާހުކޮށްދެއްވީ މަސައްކަތް ނުނިމެނީސް !

Sep 16, 2018

ހދ ނޮޅިވަރަމްގެ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސް ޔާމިން އިފްތިތާހު ކޮށްދީފައިވާއިރު އެ ހިދުމަތް އެއްވެސް ގެއަކަށް ނުލިބޭކަމަށް އެރަށުގެ ބައެއް ރައްޔިތުން ބުނެފިއެވެ.

މިދިޔަ ޖުލައި މަހު 17 ވަނަ ދުވަހު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ރައީސް ފައްޓަވައި ދެއްވާފައިވާއިރު އެރަށުގެ އެއްވެސް ގެއަކަށް އެ ހިދުމަތް ދެމުންނުދާކަން އެރަށު ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ރަށުގެ އެއްވެސް ގެއަށްކަށް އެ ހިދުމަތް މިހާތަނަށްވެސް ފޯރުކޮށްދީފައިނުވާކަމަށާއި މަސައްކަތް ނިންމާލިއިރު ކޮންމެ ގެއެއްގެ އިންފާރުން އެތެރެއަށް ކަނެޝަން ގުޅާ ލެވޭގޮތަށް ހޮޅިއެއް އަޅާފައިވިޔަސް މިހާތަނަށް ކަނެކްޝަން ގުޅާދީފައި ނުވާކަމަށެވެ.

މި ވަގުތު ކައުންސިލާ ހިއްސާ ކުރެވިގެން ނަރުދަމާގެ އެއްވެސް މަސައްކަތެއް ކުރިއަށް އެރަށުގައި ނުދާއިރު ގޭބިސީތަކަށް މި ހިދުމަތް ގުޅައި ދިނުމަށް މިހާރު ހަވާލުކޮށްފައިވަނީ ފެނަކައާއި ކަމަށާއި ފެނަކާއި އެ މަސައްކަތް ހަވާލު ކުރިފަހުންވެސް 2 މަސް ވެދާނެ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

އެ ހިދުމަތް ގެތަކަށް ގުޅާދެވެން އަންނަނީ ގޭގެ ވެރިފަރާތުން އަމިއްލައަށް ކުޑަ ޖަންގުޝަނެއް ހެދުމަށްފަހު ފިލްޓާރ ވާގޮތަށް ދާގަނޑެއް ލެއްވުމަށް ފަހު ކަމަށާއި އެ މަސައްކަތް ފެށޭނީ އެ ދާގަނޑުތައް ލިބުމުންކަމަށް ފެނަކައިން ބުނެފައިވާކަމަށް ރަޝީދު ވިދާޅުވި އެވެ.

ކޭއޯއާ ވާހަކަދެއްކި އެރަށުގެ ބައެއް ރައްޔިތުންވެސް ބުނީ ނަރުދަމާ ހިދުމަތް އިފްތިތާހްކޮށްދެއްވީ މަސައްކަތް ނުނިމެނީސް ކަމަށާއި ނަރުދަމާގެ ހިދުމަތް ރަށުގެ އެއްވެސް ގޭބިސީއަކަށް ލިބެމުން ނުދާކަމަށެވެ. އަދި ނަރުދަމާ މޫދަށް ބޭރުކުރުމަށް އަޅާފައިވާ ހޮޅިވެސް ރާޅާ ގުޑުވާލާފައިވާކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެ އެވެ.

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި މި ނިޒާމްގެ ދަށުން އެއް ސީއައުޓްފޯލް އަޅައި 5 ޕަމްޕް ސްޓޭޝަން ގާއިމްކުރެވިފައި ވެއެވެ. އެރަށުގެ ނަރުދަމާއި ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު 27 ވަނަ ދުވަހުއެވެ.

3000 ހާހެއްހާ ބޮޑު އޮންނަ ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްފައިވަނީ ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355