twitterviber whatsapp telegramfacebookyoutube instagram
4th June 2025

ގައުމީ ޓީމަށް މަރުހަބާ ކިޔަން އަންގާރަ ދުވަސް ބަންދު !

Sep 16, 2018

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބުކުރުމެވެ. .މީގެ ކުރިން އެ މުބާރާތުގެ ތަށި ރާއްޖެ އިން ހޯދީ 2008 ގައި އިންޑިއާ ބަލިކޮށްފަ އެވެ.

ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ. އިއްޔެ ކުޅުނު ފައިނަލްގެ ކުރިން ރާއްޖޭ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީއަށް ފޯނުން ގުޅުއްވާ ރައީސް ވަނީ ޓީމަށް ހިތްވަރުދެއްވައިފައެވެ

ގައުމީ ޓީމަށް މަރުހަބާއެއް ކިޔުމަށް ސަރުކާރުންނާއި ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ގައުމީ ޓީމު ހޯދި ކާމިޔާބީގައި ބައިވެރިވުމުގެ ކުޅުދުއްފުށީގައި މިއަދު ވަނީ ސައިކަލު ބުރެއް ބާއްވަން ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355