twitterviber whatsapp telegramfacebookyoutube instagram
4th June 2025

ކުޅުދުއްފުށީ ކުނިގޮނޑުން 650 ޓަނު ކުނި ނަގައިފި

Sep 17, 2018

ކުޅުދުއްފުށީ ކުނިކޮށީގެ ކުނިގޮނޑު ނަގައި ހުސްކުރުމުގެ އަމަލީ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ވަނީ މި މަހުގެ 13 ވަނަ ދުވަހު ފަށައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) ހާމަ ކުރި ގޮތުގައި ކުޅުދުއްފުށީ ކުނި ގޮނޑުން 650 ޓަނުގެ ކުނި ނަގައި ކުނިގޮނޑުން ބައެއް ވާނީ މިހާރު ސާފުކުރެވިފައެވެ.

ކުނިތައް ނެގުމުގެ މަސައްކަތް ކުރިޔަ ދާއިރު އެކަމުގައި ބޭނުންކުރާ ބައެއް ވެހިކަލްތައް ވެމްކޯއިން ވަނީ ކުޅުދުއްފުއްޓަށް ގެނެއްސައެވެ. އެގޮތުން ކޮޅުވެއްޓިއަކާއި ލޮރީއެއްވަނީ ގެނެސްފައެވެ. ކުނިކޮށިން ކުނިތައް ނަގައިގެންގޮސް ކޮޅުވެއްޓި އަޅަމުންދާއިރު އެކުނިތައް ގެންދިއުމަށް ނިންމާފައިވަނީ ރ.ވާންދޫ އަށެވެ.

ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރުމުގެ އަމަލީ މަސައްކަތް ވެމްކޯއިން ފަށައިފި

ވެމްކޯ އިން ބުނީ ދެ މަސް ދުވަހުގެ ތެރޭގައި ކުނިގޮނޑު ހުސްކޮށްލެވޭނެކަމަށާއި މަސައްކަތް ހަލުވިކުރުމުގެ ގޮތުން އިތުރު ކޮޅުވެއްޓިއެއް ކުޅުދުއްފުއްޓަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355