twitterviber whatsapp telegramfacebookyoutube instagram
17th May 2024

ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

Apr 9, 2011

އިބްރާހިމް ހަމީދު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކުޅުދުއްފުށިން ފުރާ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ މިދަތުރުފުޅުގައި ކުޅުދުއްފުށި ރަށުކައުންސިލާއި އަތޮޅުކައުންސިލްގެ މެމްބަރުންނާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއެކު ތަރައްގީއަށް ރޭވިފައިހުރި ކަންތައްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކާބެހޭ ގޮތުން މަތިއުތުރު ގައުމީ އިދާރާގައި ވަނީ މަޝްވަރާ ބައްދަލްވުންތައް ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިއްޔެވަނީ ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދެއްވަމުންގެންދަވާ އެމްޑަބުލިޔުއެސްސީގެ ވޯޓަރ ކިއޮސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރު ބައެއް މުއައްސަސާތަކަށާއި ތަރައްގީގެ މަޝްރޫއުތައް ހިގަމުންދާ ސައިޓްތަކަށާއި ބައެއްފިހާރަތަކަށް ޒިޔާރަތް ކުރައްވާފައިވެއެވެ.

އޭގެއިތުރުން 1988 އަހަރު ނޮވެމްބަރ 03 ވަނަ ދުވަހު ދިވެހިންގެ ދީނާ ގައުމަށްޓަކައި ޝަހީދުވެގެންދިޔަ ކުޅުދުއްފުށީ މާވާގެ ޝަހީދު ހުސެއިން އާދަމްގެ ގެއަށް ޒިޔާރަތްކޮށް ޝަހީދު ހުސައިން އާދަމްގެ އާއިލާއާއި ބައްދަލުކުރެއްވިއެވެ. އަދި ރަށުތެރޭގައި ހިންގަވަމުން ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް އެގޭގޭގެ ބޭފުޅުންނާ ބައްދަލުކޮށްލައްވާ ހާލު އޮޅުންފިލުއްވާ ހެއްދެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355