twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އަޅާ ނިންމާލައިފި

Sep 17, 2018

ކުޅުދުއްފުށީގައި ސަރުކާރުން ގާއިމުކުރާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމާލައިފި އެވެ.

1200 މީޓަރު ދިގު 30 މީޓަރު ފުޅާ މި ރަންވޭގެ މަސައްކަތް ނިންމާލާފައިވަނީ ރޭގަ އެވެ.

އެއާޕޯޓް ރަންވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދުވަނީ ކޭއޯގެ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެއާޕޯޓްގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން އެމްޓީސީސީ ދަނީ ވަރަށް ގިނަ ވެހިކަލްތައް ބޭނުންކުރަމުންނެވެ. އަދި އެއާޕޯޓްގެ މަސައްކަތްތައް ރޭގަނޑު ވަރަށް ލަސްވަންދެންވެސް ދަނީ ކުރަމުންނެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ޓެކްސީވޭއާ، އޭޕްރަން އަދި ފަޔަރ ސްޓޭޝަން ހެދުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ ޓެކްސީވޭއާ އަދި އޭޕްރަންގެ މަސައްކަތް މާދަމާ ހެނދުނާ ހަމައަށް ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355