twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަންވޭއަށް ސައިކަލުގައި ބަޔަކު އެރި، އެކަމަކު ހަރު ޖައްސައިގެން ސައިކަލެއް ނުދުއްވާ: އެމްޓީސީސީ

Sep 17, 2018

ކުޅުދުއްފުށީ ރަންވޭއަށް ބަޔަކު ސައިކަލުގައި އަރައި، ހަރު ޖައްސައިގެން އެތަނުގައި ދުއްވާ ގެއްލުންދިންކަމަށް ބުނެ ރަށުތެރޭގައި ފަތުރަމުންދާ ޙަބަރު އެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ދޮގުކޮށްފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ސައިކަލުތަކެއް ބަޔަކު ރަންވޭއަށް އަރައި، އެތަނަން ގެއްލުންދިނުމުގެ ގޮތުން ހަރު ޖައްސައިގެން ސައިކަލު ދުއްވިކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުފަތުރަމުންނެވެ.

އެކަމާ ގުޅިގެން ކޭއޯއިން ސުވާލުކުރުމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވީ ރަންވޭގެ ވަކި ސަރަހައްދެއްގައި ތާރުއަޅައި ނިންމާލިފަހު އެތަން ރަނގަޅަށް ނުހިކެނީސް ޒުވާނުންތަކެއް ސައިކަލުގައި ގޮސް ރަންވޭއަށް އެރިކަމަށެވެ. އޭރު އެތަން ރަނގަޅަށް ނުހިކޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ އެ ހަތަރު ޒުވާނުންވެސް ރަންވޭއަށް އެރީ އެތަނަށް ގެއްލުން ދިނުމަށްކަމަށް ނުބެލެވޭ ކަމަށާއި އެމީހުން އުޅުނީ މަގު ކުރުކޮށްލުމުގެ ގޮތުން ރަންވޭ ހުރަސްކުރަން ކަމަށެވެ. އެމީހުން އެއްވެސް ވަރަކަށް ހަރު ޖައްސައިގެން ސައިކަލު ދުއްވާ ތާރުގަނޑަށް ގެއްލުންދޭން މަސައްކަތްކޮށްފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުން ރަންވޭއަށް އެރުމާއެކު ފުލުހުން ގެނެސް، އެސަރަހައްދަށް ނުވަދެވޭނޭހެން ޓޭޕް ދަމާ އެސަރަހައްދުގެ ސެކިއުރިޓީ ރޭ ބަލަހައްޓާދީފައިވާކަމަށެވެ. އެމީހުން ރަންވޭއަށް އަރާފައިވަނީ އިރުމަތި ކޮޅުންނެވެ. ހުޝާމް ވިދާޅުވީ އެއީ ސިޔާސީގޮތުން ބަޔަކު ކުރިކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355