ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ޖޭޕީ މައުލޫމާތުދޭ ގޮތުގައި އައިޝާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:45 ގަ އެވެ. އެކަމަނާ ވަޑައިގަންނަވާތީ ވީހާވެސް ގިނަ ބަޔަކު މަރުހަބާ ދެންވުމަށް އުތުރު ބަނދަރު ސަރަހައްދަށް ދިއުމަށް ޖޭޕީން އެދެ އެވެ.
އައިޝާ، ބައިވެރިވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ 9:00 ގައި ކުޅުދުއްފުށީ، ބަނޑާރަމައިދާނާ ދިމާ ވެލިގަނޑު ސަރަހައްދުގައި އޮންނާނެކަމަށެވެ.
އައިޝާގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހދ އަދި ށ ގެ އެހެން ބައެއް ރަށްތަކަށްވެސް ވަޑައިގަންނަވާނެ އެވެ.