twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެ ފަރުހީންގެ ހެދިބޮޑުވުމަށް ހުރަސްތަކެއް !

Sep 18, 2018

ލ. ފޮނަދޫއަށް އުފަން މަރިޔަމް ފަރުހީނަކީ ސިއްހީ ގޮތުން އެތައް މައްސަލައެއް ދިމާވެ އެކަންކަމާ ހަނގުރާމަ ކުރަމުން އަންނަ އުމުރުން އެންމެ 5 އަހަރުގެ ހިތްވަރު ގަދަ ކުއްޖެކެވެ.

ފަރުހީނަކީ ހަތް ކުދިންގެ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ފަރުހީންއަކީ ކުޑަ އިރުންސުރެވެސް ވަރަށް އަވަސް އަވަހަށް ހުން އަންނަ ކުއްޖެއްކަމަށާއި މީގެ އިތުރުންވެސް އެކި ކަހަލަ ސިއްހީ މައްސަލަތައް ފަރުހީނަށް ކުރިމަތިވާކަމަށެވެ.

މި މައްސަލަތަށް ދިމާވާން ފެށުމުން ޑޮކްޓަރަށް ދެއްކާ ޓެސްޓު ހެދުމުން ހިތުގައި ލޯވަޅެއް އިންކަން އެނގުނު ކަމަށާއި ނަމަވެސް މިހާރު އެކަންތަތއް ރަނގަޅުކަމަށް އެ އާއިލާއިން މައުލޫމާތު ދިނެވެ.

ފަރުހީން އުމުުރުން 5 އަހަރު ކަމަށްވިއަށް ހެދި ބޮޑުވުމުގައި މައްސަލަތަކެއް އުޅޭތީ އަދިވެސް އިންނަނީ ވަރަށް ކުޑަކޮށްކަމަށާއި އެމައްސަލަ ހުރުމުގެ ސަބަބުން މި އަހަރު އޯގަސްޓް މަހު އިންޑިޔާއަށް ގޮސް ދެއްކުމުން ހެދިބޮޑުވުމުގެ މައްސަލަ ހުރިކަމަށާއި އަވަހަށް ބޭސް ނުކޮށްފިނަމަ “ޑްވާފް” ކުއްޖަކަށް ވެދާނެކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެހެންކަމުން ޑޮކްޓަރު އިރުޝާދު ދެއްވާދައިވަނީ ފަރުހީންގެ އުމުުރުން 12 އަހަރު ވަންދެން ހޯމޯނަލް އިންޖެކްޝަނެއް ޖަހަން ކަމަށާއި މި އިންޖެކްޝަނަކީ ކޮންމެ ދުވަހަކު ޖަހަން ޖެހޭ އިންޖެކްޝަނެއްކަމާށާއި ދިވެހި ރުފިޔާއިން އިންޖެކްޝަނެއްގެ އަގަކީ 12000 ރުފިޔާކަމުން އެފަދަ ތަނަވަސް ކަމެއް އާއިލާގައި ނެތްކަމަށް އެއާއިލާއިން ބުންޏެވެ.

ފަރުހީން ހާލު ދެރަވެގެން މިވަގުތުވެސް ތިބާ މަލޭގައި ކަމަށާއި މިއަހަރުގެ ނޮވެމްބަރ މަހުގެ 27 ގެ ކުރިން އަނެއްކާވެސް އިންޑިއާ އަށް ދާން ޖެހޭކަަމަށް އާއިލާއިން ބުންޏެވެ. އާސަންދައިން އެހީތެރިކަން ލިބޭކަމަށާއި މިހާރު ވާނީ އެންސްޕާއަށް ވެސް އަންގާފައިވާނެކަމަށްވެސް ބުންޏެވެ.

އެހެންކަމުން މި ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށްޓަލައި އެންމެހާ ބޭފުޅުންގެ ތީލަތި އެހީއަށް އެ އާއިލާއިން އެދެއެވެ.

ފަރުހީން އަށް އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓު ނަންބަރު 7730000190827 (އައިމިނަތު ނަސްވާ) އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ.

ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7393095 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު އޮޅުން ފިލުވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355