ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުން އަންނަ ދަތުގެ ފަރުވާ އާއި ފިޒިއޯތެރަޕީގެ ހިދުމަތް އެހޮސްޕިޓަލުގެ އޮފީސް އިމާރާތްތަށް ބަދަލުކޮށްފި އެވެ.
އެހޮސްޕިޓަލުގެ އެކްޓިންގ ސީއީއޯ އަދި މެޑިކަލް ޑައިރެކްޓަރ ޑރ މުހައްމަދު ވަހީދު ވިދާޅުވީ އެ ދެ ހިދުމަތް ހޮސްޕިޓަލުގެ އޮފީސް ހުންނަ އިމާރާތްތަށް ބަދަލުކޮށްފައިވާ ކަމަށެވެ. ދަތުގެ ފުޓުނި އެޅުމުގެ ހިދުމަތް މެދުކެނޑިފަ އޮތުމަށްފަހު މިހާރު އެހިދުމަތްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ހިދުމަތް ބަދަލުކުރީ އެތަންތަން ހުރި ތަނަން ބައެއް ބަދަލުގެނެސް އާ ހިދުމަތްތަކެއް އެތަނުގައި ދޭން ފަށަން ކަމަށެވެ. އެގޮތުން ހިތުގެ ހާއްސަ ބަލިތަކަށާއި އީއެމްޖީ އަދި އީއީޖީގެ ހިދުމަތަށްށެވެ. ޑރ ވަހީދު ވިދާޅުވީ މިހާރު އެ ހިދުމަތް ފަށަން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަތުގެ ފަރުވާ އާއި ކަސްރަތު ފަރުވާ އެހެން އިމާރާތްތަކަށް ބަދަލުކުރިއަސް މެމޯ ހެދުމަށް އަދި ދާން ޖެހޭނީ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާ އެއިމާރާތުންވެސް މެމޯ ހެދުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.