twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމަށް ހުޅުވާލިތާ ދެ ދުވަސްތެރޭގަ 4000 ޖާގަ ފުރިއްޖެ!

Sep 19, 2018

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ނުވަނީސް މިއަހަރު ދިރާގުން ހުޅުވާލި 4000 ޖާގަ ފުރިއްޖެއެވެ.

މިއީ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މާޒީގައިވެސް ލިބިގެން ނުދާ ފަދަ ބޮޑު ތަރުހީބެކެވެ. މިދިޔަ އަހަރު ދިރާގު މޯލްޑްވިސް ރޯޑް ރޭހުގައި ހުޅުވާލި 3000 ޖާގަ ވަނީ 72 ގަޑި އިރު ނުވަނީސް ފުރިފައިކަމަށް ދިރާގުން ހާމަކުރެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސް ވަރަށް އަވަސް ފުރުސަތެއްގައި އިއުލާން ކުރާނެއެވެ. އަދި ބިބް ތައް ދޫކޮށް ނިމުމަށް ފަހު ބިބް ނުގެންދަވާ ދުވުންތެރިންގެ ބިބް ތައް ދުވުމުގައި ރެޖިސްޓަރ ނުކުރެވުނު ފަރާތްތަކަށް ދޫކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާތާ މިއީ 12 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ. އަދި ހަމަ އެއާއެކު މިއީ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަތާކެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ބައިވެރިވުމަށް ދުވުންތެރިން ބައްލަވައިގަންނަވާ މި ހާއްސަ ޓީސާރޓުން ލިބޭ ހުރިހާ ފައިސާއެއް ދިރާގު މޯލްޑްވްސް ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ. މިއަހަރު ޓީސާޓު ބައްލަވައިގަތުމަށް ހަމަޖައްސާފައިވާ އަގަކީ މަދުވެގެން 100 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355