twitterviber whatsapp telegramfacebookyoutube instagram
19th March 2024

ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން

Sep 19, 2018

ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ކުރެއްވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ

މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމުގެ އަމާޒުގައި ކުރެއްވި މަސައްކަތްތައް ކާމިޔާބުވެފައިވާ ކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެއެވެ. ރއަީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީޕީއެމުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމާއެކު ދެވަނަ ދައުރު ނިމޭއިރު މިއަދަދު 50 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށެވެ.

މިއަދު މީ ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަހެއްކަން ފާހަގުރައްވާ ދިވެހިން ދެކެމުން އައި އެތައް ހުވަފެންތަކެއް ހަގީގަތަކަށް ވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ ތަރިކައެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ޖައްސާފައިވާއިރު މިއީ މިސަރަހައްދުގައި މިބޯޓު ޖެއްސި ދެވަނަ ގައުމު ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން މަހްރޫމްވެފައި ހުރި އެތައް ހިދުމަތްތަކެއް ހުރިއިރު ހަމަނުޖެހުން އިސްކުރުމުގެ ބަދަލުގައި އެކަންކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ރައީސް ޔާމީން ވާހަކަފުޅުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި މުޅި ރާއްޖެ ފަސާދަ ކުރުމަކުން ނުވަތަ ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންނަމެސް ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދިނުމަށްޓަކައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުގައި 130 ރަށެއްގައި ބަނދަރު ހަދައިދެވިފައިވާކަމާއި، ރާއްޖޭގެ 75 އިންސައްތައަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމާއި، ރާއްޖޭގެ 58 އިންސައްތައަށް ސާފުބޯފެނުގެ ހިދުމަތް ފޯރުކޮށް ދެވިފައިވާކަމާއި، ކޮންމެ ރަށެއްގައި ބޭސްފިހާރައެއްގެ ހިދުމަތްދެވޭ ކަމާއި، މުޅި ރާއްޖޭގައި 12 އެއަރޕޯޓް އެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޒުވާނުންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް އެންމެ ދަތިވެފައި ވަނީ ވަޒީފާގެ ފުރުސަތު ހޯދުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރަކީ ޒުވާނުންގެ ސަރުކާރެއްކަމަށާއި، ޒުވާނުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355