twitterviber whatsapp telegramfacebookyoutube instagram
6th June 2025

އުފާވެރި މަންޒަރެއް، ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި

Sep 19, 2018

ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުގައި ކުލަ ޖެހި، ކުޅުދުއްފުށީ އެއާޕޯޓު ރަންވޭގެ މަސައްކަތް ނިންމާ މިއަދި 15:11 ހާއިރު ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭއަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ވައުދަކީ ރައީސް ޔާމިން 2014 ވަނައަހަރު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. ދައުރުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި ކުޅުދުއްފުށީ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރު ފަހުކޮޅުއެވެ.

މިއަދު ކުޅުދުއްފުއްޓަށް ޖެއްސި ޓެސްޓު ފްލައިޓުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ވަޑައިގެންފައި ވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ޕީޕީއެމް ޕާލިމެންޓް ގްުރޫޕުގެ ލީޓާރު ނިހާން ހުސެއިން މަނިކުވެސް ވަނީ ވަޑައިގެންފަ އެވެ.

ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 53.4 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާއެވެ. މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު، ރަންވޭގެ އިތުރުން ޓެކްސީވޭ އާއި އެޕްރޮންވެސް ވަނީ ނިންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355