twitterviber whatsapp telegramfacebookyoutube instagram
28th July 2025

އޮސްޓްރޭލިއާގެ އަނބުންވެސް ތިނޯސް ފެނިއްޖެ

Sep 20, 2018

އޮސްޓްރޭލިއާގެ ސްޓޯބެރީ ސީޒަނާ ދިމާކޮށް އެގައުމުގައި ސްޓޯބެރީތަކުން ތިނޯސް ފެންނަށް މައްސަލަ ފެންމަތިވެފައިވަނިކޮށް އެގައުމުގައި ވިއްކާ އަނބުންވެސް ތިނޯސް ފެނިއްޖެ އެވެ.

އެގައުމުގެ ގޮސްފޯޑް ގެ ސްޕަމާކެޓަކުން ގަތް އަނބަކުން ތިނޯހެއްފެނިގެން ކަސްޓަމަރަކު ޝަކުވާކޮށްފައިވާ ކަމަށް ޑެއިލީ މެއިލް ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

އެ ގައުމުގެ ޗީފް އިންސްޕެކްޓާރ ނިގަލް ވެބާ ބުނީ އެ ކަސްޓަމަރު އަނބު ބޭނުން ކޮށްފައިވަނީ ގަތްތާ ދެދުވަސް ފަހުން ކަމަށާއި ޕޮލިހުން މިހާރު އަނބުން ފެނުނު ތިނޯސް ޓެސްޓުތައް ހެދުމަށް ބަލާފައިވާކަމަށެވެ.

ސްޓޯބެރީއަށް ތިނޯސް ލީކަމަށް އެއްބަސް ވެގެން އެގައުމުން މިދިޔަ ބުދަ ދުވަހު ވަނީ ކުޑަކުއްޖަކު ހައްޔަރުކޮށްފައެވެ. އަދި އެކުއްޖާ ތިނޯސްލީ މަޖަލަކަށް ކަމަށް ބުނެފައިވާ ކަމަށްވެސް ފުލުހުން ބުނެއެެވެ. އެހެންނަމަވެސް އެއީ ކުޑަ ކުއްޖެއްކަމުން އޭނާއަށް އެއްވެސް ޗާޖެއް ނުކުރުމަށް ވަނީ ނިންމާފަ އެވެ.

އެގައުމުގެ ހެލްތް އޮތޯރިޓީ މިހާރު ވަނީ މޭވާ ރަނގަޅަށް ފަޅައި ބަލާފަ ނޫނީ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ސްޓްރޯބެރީގެ މާކެޓް ވަނީ ވެއްޓިފަ އެވެ. އަދި އެކަމުގެ ސަބަބުން ދަނޑުވެރިންނަށް ވަނީ ގެއްލުމާއި ކުރިމަތި ލާންޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355