twitterviber whatsapp telegramfacebookyoutube instagram
19th March 2024

ޒަމާނީ ވަސީލަތްތަކާއެކު ހެމޮރޮއިޑް އޮޕަރޭޝަނަށް ކުޅުދުއްފުށީ ހޮސްޕިޓާ ތައްޔާރު !

Sep 20, 2018

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހެމޮރޮއިޑް( ފުރަގަސްފަރާތު ބަލި)ގެ އޮޕަރޭޝަން ކުރެވޭނެ އެންމެ ފަހު ވަސީލަތްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކޮށްފި އެވެ.

އެހޮސްޕިޓަލުގައި ފުރަގަސްފަރާތު ބަލީގެ އޮޕަރޭޝަންތައް ކުރަމުން އަންނަނީ ކަފާލުމަށްފަހު އެ ކަފާލާތަން ފަހައިގެންނެވެ. ނަމަވެސް ހެމަރޮއިޑްގެ އޮޕަރޭޝަން ދެން ކުރަނީ “ސްޓޭޕުލާރ” ބޭނުންކޮށްގެންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު އަދި އެކްޓިންގ ސީއީއޯ ޑރ މުހައްމަދު ވަހީދު ކޭއޯއަށް ވިދާޅުވީ ސްޓޭޕުލާރ ބޭނުންކޮށްްގެން އޮޕަރޭޝަން ކުރުމުން ވޭން ކުޑަވެ އަވަހަށް ފަސޭހަވާނެކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ ހެމަރޮއިޑްގެ އޮޕަރޭޝަންނަށް ބޭނުންވާ އެންމެ ފަހުގެ ހުރިހާ ވަސީލަތެއް ގާއިމުކޮށް ނިމި، އޮޕަރޭޝަނަށް ތައްޔާރުވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355