twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑު އޮޕަރޭޝަނެއް ކުރުމަށް ނަހުލާ އެދެނީ އެންމެންގެ އެހީތެރިކަމަށް !

Sep 26, 2018

ފުރިހަމަ ސިއްހަތެއްގައި އުޅުމަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ ކަމެކެވެ. އަދި ފުރިހަމަ ސިއްޙަތަކީ މާތް ﷲ ކޮންމެ އިންސާނަކަށް ދެއްވާނެ ވަރަށް ބޮޑު ނިއުމަތެކެވެ. އެހެން ނަމަވެސް ދުނިޔެމަތީގައި ކަންކަން ދިމާވަނީ ހީވެސް ނުކުރާފަދަ ގޮތް ގޮތަށެވެ. ބޮޑެތި އިމްތިހާނުތަކާ ކުރިމަތިލާ ޖެހޭ މީހުން މަދެއް ނޫނެވެ. މިއީ ވެސް އެފަދަ ފަރާތެއްގެ ވާހަކައެވެ.

ލ.ދަނބިދޫ ނަންރީތިގެ އާމިނަތު ނަހުލާއަކީ ރަހިމުގައި ސިސްޓްތަކެއް އުފެދި، ރަހިމުގެ އޮޕަރޭޝަނެއް ކުރަންޖެހި އާއިލާގެ އެފަދަ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން އޮޕަރޭޝަން ނުކުރެވި ހުރި ފަރާތެކެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ނަހުލާ ބުނީ ބަނޑުގަ ރިއްސާތީ ޑޮކްޓަރަށް ދައްކާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެކި ފަހަރު މަތިން ލ.އަތޮޅު ހޮސްޕިޓަލަށާއި އޭޑިކޭއަށް، އަދި ހުޅުމާލޭ ހޮސްޕިޓަލްއަށް ދެއްކިފައި ވާނޭކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ބޭސް ދީފައި ފޮނުވާލަނީ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ސްކޭން އެއްކޮއްފައި ސިސްޓެއްއިން ވާހަކަ ބުނި ނަމަވެސް އެ ހޮސްޕިޓަލުން ވެސް ބުނަނީ ބޭސް ބޭނުން ކުރުމުން ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް ނަހުލާ ބުނަނީ ބޭސް ހުސް ވުމާއެކު އަނެއްކާވެސް ބަނޑުގައި ރިއްސާކަމަށެވެ. މި އަހަރު ޖޫން މަހުގައި އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން ސްކޭން ހަދާފަ ބުނީ ބޮޑު 3 ސިސްޓްއިން ކަމަށެވެ . އަދި ސިސްޓްތައް މިހާރު ހުރީ ރަހިމާ ވަކިނުކުރެވޭ ވަރުވެފައިވާ ކަމަށާއި ސިސްޓްތައް ނަގަން ޖެހޭނީ ރަހިމާއެކު ކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް އޭނާ ބުންޏެވެ. މި އޮޕަރޭޝަން ވީހާވެސް އަވަހަކަށް ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށް ނަހުލާ ބުންޏެވެ.

އާއިލާގައި އެފަދަ ތަނަވަސް ކަމެއް ނެތުމުގެ ސަބަބުން ނަހުލާ އެދެނީ ދީލަތި ފަރާތަކުގެ އެހީއަށެވެ.

އާމިނަތު ނަހުލާ އަށް ދިމާވެފައިވާ ދަތި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޯން ނަމްބަރު 7819595 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އާމިނަތު ނަހުލާގެ ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓް ނަމްބަރު 7705329053101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355