twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުއްލިގޮތަކަށް 120 ގޯތި ދޫކުރުމުގެ ހުއްދަ ކުޅުދުއްފުށީ ކައުންސިލަށް ދީފި

Sep 21, 2018

ހައުންސިންގ މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީން ކުއްލިގޮތަށް 120 ގޯތި ދޫކުރުމުގެ ހުއްދަ ކުޅުދުއްފުށީ ކައުންސިލަށް ދީފި އެވެ.

އެކައުންސިލްގެ ރައީސް އަބުދުލްލަތީފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 1400 އަކަފޫޓްގެ 120 ގޯތި ދޫކުރުމުގެ ހުއްދަ ކައުންސިލަށް ދީފައިވާކަމަށެވެ. އަދި ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޗާޓެއް ވަރަށް އަވަހަށް އެމުއައްސަސާއިން ކައުންސިލަށް ފޮނުވާނެ ކަމަށެވެ.

ކައުންސިލަށް ގޯތި ދޫކުރުމުގެ ހުއްދަ ކުއްލިގޮތަކަށް ސަރުކާރުން ދީފައިވާއިރު 1600 އަކަފޫޓްގެ 80 ގޯތި ހަމަ ކުޅުދުއްފުށީ ދޫކުރުމަށް ހައުންސިންގ މިނިސްޓްރީން ދަނީ ފޯމް ދޫކުރަމުންނެވެ. އެ ގޯތިތަކަށް އެދި ދޫކުރި ފޯމުތައް ފުރަތަމަ ދޫކުރަން ހަމަޖެއްސީ ފެނަކަ އޮފީހުންނެވެ. އެކަމުގެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން ފޯމްތައް ދޫކުރަން ފަހު ނިންމީ ކުޅުދުއްފުށީގައި ހުންނަ ޕަބުލިކް ވޯކްސް އޮފީހުންނެވެ.

އިންތިހާބާ ދިމާކޮށް ކުޅުދުއްފުށިން ގޯތި ދޫކުރަނީ

އެ 1600 އަކަފޫޓްގެ 80 ގޯއްޗަށް އެދި ގިނަ ބަޔަކު މިހާރު ފޯމު ނަގައި އެއިދާރާއަށް ހުށަހަޅާފައިވަނިކޮށް އަނެއްކާ 1400 އަކަފޫޓްގެ 120 ގޯތީ ދިނުމުގެ ހުއްދަ ކައުންސިލަށް ދިނުމުން ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފަ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ އެއް ރަށްށަކުން އެއްފަހަރާ ދެ ސައިޒެއްގެ ގޯއްޗަށް ހުޅުވާލުމުން އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށެވެ. ކައުންސިލަށް ދޫކުރަން ހުއްދަ ދީފައިވާ 120 ގޯތީގެ ފޯމާއި ދެން އެކަމަށް ބޭނުންވާ އުސޫލުތައް ހައުންސިންގ މިނިސްޓްރީން އަދި ފޮނުވާފައިނުވާ ކަމަށާއި އެކަން ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ގޯތި ދޫކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން، އެއީ ރައްޔިތުން ހެއްލުމަށް ޖެހި މަޅިއެއް: ލަތީފް

ކުޅުދުއްފުށިން އެންމެ ފަހުން ދީފައިވަނީ 1400 އަކަފޫޓްގެ ގޯއްޗެއްވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355