twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޯވާރެއާ، ގަދަ ވައިގެ ތެރޭގައިވެސް ރައީސްގެ ވާހަކަފުޅު ކުރިއަށް، ރައްޔިތުންގެ ހިތްތައް ޝުކުރުން ފުރިފަ !

Sep 21, 2018

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވައިދެއްވުމަށް މިއަދު ހަވީރު ރައީސް ޔާމީން ވަޑައިގަތީ ފުލައިޓްގަ އެވެ. މޯލްޑިވިއަންގެ ފުލައިޓްގައި އެމަނިކުފާނު މިރަށަށް ވަޑައިގަތްއިރު ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ތިއްބެވެ.

އެއާޕޯޓް މަޝްރޫއުއާއި ބޮޓަލިންގ ޕްލާންޓް އިފްތިތާހްކުރެއްވުމަށްފަހު ރައީސްއަށް ހާއްސަކުރެއްވިފައިވާ ސްޓޭޖަށް ވަޑައިގެން ވާހަކަފުޅު ފެއްޓެވި އެވެ. މާގިނައިރުތަކެއް ނުވަނީސް ވާރޭވެހެން ފަށައިފި އެވެ. ވާރޭ ބޯކުރިވަރަކަށް އެމަނިކުފާނުގެ ވާހަކަފުޅުވެސް ފޯރީގައި ކުރިއަށްގެންދެވި އެވެ.

ރައީސްގެ ސެކިއުރިޓީން ކުޑަ ހިފައިގެން އެމަނިކުފާނު ކައިރިއަށް ދިޔަނަމަވެސް އަތުގެ އިޝާރާތުން އެމަނިކުފާނު އެންގެވީ ކުޑައެއް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރައީސްއާއެކު ސަރުކާރުގެ އިސް ބޭފުޅުން ވެސް ބޯވާރޭގައި ތެމުނަސް އެ ސަރަހައްދުގައި މަޑުކުރައްވައިގެން ތިއްބެވެ. އެމަނިކުފާނުގެ ބޯވާރޭގައި ވާހަކަފުޅު ކުރިއަށްގެންދަވަން ފެށުމުން ރައްޔިތުން ގޮނޑިތަކުން ތެދުވެ ކޮޅަށް، ރައީސްއާއެކު ތިބިކަން ހާމަކޮށްދީފައިވެ އެވެ. ރައްޔިތުން އެވަގުތުވެސް ދިޔައީ ރައީސް ޔާމީނަށް އޮތް ތާއީދު ދެއްކުމުގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އިފްތިތާހް ކުރެއްވުމަށް ފަހު ބޯވާރޭގައި ރައީސް ވާހަކަފުޅު ދައްކަވަނީ–

ރައީސް ވާހަކަފުޅުގައި ދެވަނަ ދައުރެއްގައި ކުޅުދުއްފުށީ ސަރަހައްދުގައި 3000 އެނދު ތަރައްގީކޮށްދެއްވާނެ ކަމަށާއި ކުޅުދުއްފުއްޓަށް އިތުރު ތަރައްގީތައް ދެވަނަ ދައުރެއްގައި ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އިހްލާސްތެރިއެއް ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް އުފާވެރިކަމާއި ތަރައްގީ ހޯދާދިނުން ކަމަށެވެ. ރައީސް ވަނީ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ” 1 ނަމްބަރަށް” ވޯޓް ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355