twitterviber whatsapp telegramfacebookyoutube instagram
20th April 2024

” ކުޅުދުއްފުށިން ރައީސް ޔާމީނަށް ދައްކާނީ 100 ޕަސެންޓް ވޯޓް ” : ޖައުފަރު

Sep 22, 2018

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކުޅުދުއްފުށިން 100 ޕަސެންޓް ވޯޓް ދޭނެކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އަލީ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އިފްތިތާހް ކޮށްދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން، ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވަމުން ޖައުފަރު އަލީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް ތަރައްގީ ލިބިގެންގޮސްފައިވާ ކަމަށެވެ. އެއާޕޯޓާއި މަގުތަކުގެ ތާރުއެޅުމުގެ މަޝްރޫއު ފާހަގަކުރައްވަމުން ޖައުފަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެތަންތަނަން ބަލާލާނީ ހިތުގެ އަސަރާއެކު ކަމަށެވެ.

“އަނިޔާވަނީކީ ހަތަރު މީހަކު ބަންދުކޮށްގެން އެމީހުން މިނިވަންކުރާކަށް ނޫން އިނގޭތޯ. އަހަރެމެން ރައްޔިތުންނަށް އަނިޔާއެއް ނުކުރެއޭ. ވަރަށް ސާފުކޮށް މިދަންނަވާލަނީ ކުޅުދުއްފުށިން ދައްކާނީ ސަތޭކަ ޕަސެންޓް ވޯޓް.” ވިޔަފާރިވެރިޔާ ޖައުފަރު ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ ދުވަސް މީހުން ގާތަށް މަހަކު އެއްފަހަރު ޑޮކްޓަރުންނާއި ނަރުހުން ގޮސް ބަލާކަމަށާއި އެއީ ތަރައްގީ ކަމަށެވެ. މުޅި ހދ އަތޮޅަށް ގެންނަ  ތަރައްގީ ވަޒަން ކުރާނީ ދެއްވާ ވޯޓުން ކަމަށާއި ތަރައްގީ ބޭނުންނަމަ ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް އޭނާ އެދިލެއްވި އެވެ.

އޭނާ ވިދާޅުވީ މިއަދު ވެހުނު ވާރޭގައި އެންމެ އެތިކޮޅެއްވެސް ފަހަތަށް ނުޖެހި މިމަސައްކަތް ކުރަނީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ޔާމީން ވެރިކަމަށް އެއްލަކިން ގެންނަން ކަމަށާއި އެމަންޒަރު އިދިކޮޅު ފަރާތްތަކަށް ރަނގަޅަށް ފެންނާނެކަމަށެވެ.

ރައީސް ޔާމީނަކީ އަނިޔާވެރި ބޭފުޅެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޖައުފަރު ވިދާޅުވީ “އަނިޔާ” އޭ ވިދާޅުވަނީ ތަރައްގީއަށް ކަމަށެވެ. އެގޮތުގައި “އަނިޔާގެގޮތުގައި” ވަރަށް ގިނަ ކަންތައްތައް ރައީސް ޔާމީން ކޮށްދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ބަނދަރާއި ދެން އަންނަ އޮތް ބަނދަރަށް ބަލާލުމަށާއި މިހުރިހާ ކަންތައްތައްކަކީ ތަރައްގީ ކަމަށް ވިދާޅުވި އެވެ. އަދި 23 ވަނަ ދުވަހު ހުރިހާ ރައްޔިތުން ނިކުމެ ކެންޑިޑޭޓް ނަމްބަރު އެކަކަށް ވޯޓް ދިނުމަށް ޖައުފަރުވަނީ ތަކުރާރުކޮށް އެދިލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355