މިއަދު ބާއްވާ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި ބަހައްޓާފައި ހުރި ހުރިހާ ވޯޓް ފޮށިތަކެއްގައި ވޯޓުލުން ވަނީ ސީދާ ގަޑިއަށް ފެށިގެންގޮސްފަ އެވެ.
ނަމަވެސް ބައެއް ވޯޓްފޮށިތަކުގައި ސީދާ ގަޑިއަށް ނުފެށުނުކަމުގައިވިޔަސް، ކުޑައިރު ކޮޅެއް ތެރޭގައި ވަނީ ވޯޓުލުން ފެށިފަ އެވެ.
ވޯޓުލާން ފެށުމުގެ ކުރިން ވޯޓްލާ މަރުކަޒުތަކުގެ ކައިރީގައިވަނީ ކިޔު ދަމާލާފަ އެވެ. 8 ޖެހިއިރު ބައެއް ސަރަހައްދުތަކުގައި ވޯޓްލާންދާން ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ވޯޓުލުމަށް ޖަމާވަމުންނެވެ.