ކުޅުދުއްފުށީގައި ބަހައްޓާފައިހުރި ގިނަ ވޯޓްފޮށިތަކަކަށް ވޯޓުލަށް ގިނަ ބަޔަކު ކިޔު ދަމާލައިފި އެވެ.
ކޭއޯގެ ނޫސްވެރިން ކުޅުދުއްފުށީގައި ހުރި ހުރިހާ ވޯޓްފޮއްޓެއް ކައިރީގައި ހަރަކާތްތެރިވަމުންދާއިރު މިވަގުތުވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ވޯޓުލުމަށް ކިޔު ދަމާލާފަ އެވެ.
އަވީގައާއެކު ގިނަ ބަޔަކު ވޯޓްލުމަށް ކިޔު ދަމާލާފައިވެ އެވެ. ކުޅުދުއްފުށީގައި ވޯޓުލުން ކުރިއަށްދަނީ ވަރަށް އަމާންކަމާއެކު އެވެ.