twitterviber whatsapp telegramfacebookyoutube instagram
28th July 2025

އައިޑީ ކާޑުގެ މައްސަލަ ޖެހުނު މީހާއަށް ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިފި

Sep 23, 2018

ހދ ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމްކޮށްފައިވާ ވޯޓު ލާ މަރުކަޒުގައި ހުރި ވޯޓު ފޮއްޓަށް އައިޑީ ކާޑުގައިން އެޑްރެސް ދިމާނުވެގެން ވޯޓު ނުލެވުނު މީހާއަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން އަންގައިފި އެވެ.

ކެމްޕަސް ފޮށީގައި ހުރި ކޭއޯ ނޫސްވެރިޔާ ބުނީ އެޑްރެސް ދިމާނުވިއަސް އެހެން މައުލޫމާތު ދިމާވާނަމަ ވޯޓު ލެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ކެމްޕަހުގައި ގާއިމްކޮށްފައިވާ ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވައިވާ މީހުންގެ އަދަދަކީ 638 މީހުންނެވެ.

އަވީގައާއެކު ގިނަ ބަޔަކު ވޯޓްލުމަށް ކިޔު ދަމާލާފައިރު ކުޅުދުއްފުށީގައި ވޯޓުލުން ކުރިއަށްދަނީ ވަރަށް އަމާންކަމާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355